ދިރާގު ކަސްޓަމަރުންނަށް މިއަދު ހަވީރު 6 ޖަހަންދެން ސައުދީއަށް ހިލޭ ގުޅޭނެ

ހަރަމްފުޅު ތެރެއަށް ކްރޭން ވެއްޓިފައި: މި ހާދިސާގައި ގިިނަ އަދަދެއްގެ ހައްޖާޖީންތަކެއް ވަނީ މަރުވެފައި. --ފޮޓޯ: އަލް އަރަބިއްޔާ ޓީވީ
ހަރަމްފުޅު ތެރެއަށް ކްރޭން ވެއްޓިފައި: މި ހާދިސާގައި ގިިނަ އަދަދެއްގެ ހައްޖާޖީންތަކެއް ވަނީ މަރުވެފައި. –ފޮޓޯ: އަލް އަރަބިއްޔާ ޓީވީ

މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 6:00 އާ ދެމެދު ދިރާގު ކަސްޓަމަރުންނަށް ސައުދީއަރަބިއާއަށް ހިލޭ ގުޅޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

މިއީ ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާއަށް އިއްޔެ މެންދުރުފަހުގެ ވަގުތުން ފެށިގެން މެދުކެނޑުމެއް ނެތި ބޯކޮށް ކުރި ވިއްސާރައިގައި، ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތަށް ބަހައްޓާފައި ހުރި ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާ އާއި ގުޅިގެން، ދިރާގުން ނިންމި ނިންމުމެކެވެ.

މައްކާގެ ހަރަމްފުޅުގައި ރޭ ހިނގި ހިތާމަވެރި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައެއް ނުވެއެވެ. އެހެން ނަމަވެސް ދިވެހި ހައްޖު ޖަމާޢަތްތަކުން ދަނީ ދިވެހި ހައްޖާޖީންނާ މެދު އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންނެވެ.

މި ހާދިސާގައި ނިޔާވި މީހުންގެ ޢަދަދު މިހާރު 100 އިން މައްޗަށް އަރާފައި ވާއިރު، ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 200 އިން މައްޗަށް އަރާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.