ދަރަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝިހާމާ

• އެޑިޔުކޭޝަން މިނިސްޓރްީގެ ޑިރެކްޓަ ޖެނެރަލް ފާތުމަތު ހިލްމީ ޝިޔާމާ އަށް އިނާމް ހަވާލުކޮށް ދެއްވަނީ. ފޮޓޯ/ ބ. އަތޮޅު މަދަރުސާ
• އެޑިޔުކޭޝަން މިނިސްޓރްީގެ ޑިރެކްޓަ ޖެނެރަލް ފާތުމަތު ހިލްމީ ޝިޔާމާ އަށް އިނާމް ހަވާލުކޮށް ދެއްވަނީ. ފޮޓޯ/ ބ. އަތޮޅު މަދަރުސާ

ބ. އަތޮޅު މަދަރުސާގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެރަށު ރަންހާރު އައިމިނަތު ޝިހާމާ ހޮވައިފި އެވެ.
ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އައިމިނަތު ޝިހާމާ ވަނީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ހަ ވަނައިގައިވެސް ހިމެނިފަ އެވެ.

ބ. އަތޮޅު މަދަރުސާގެ އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން
ބ. އަތޮޅު މަދަރުސާގެ އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން

ބ. އަތޮޅު މަދަރުސާއިން މިދިޔަ އަހަރު ގްރޭޑް 7 ނިންމި އެންމެ މޮޅު ތިން ދަރިވަރުންނަށް ހޮވުނީ އަފާފަތު އަހުމަދު އާއި ފާތުމަތު ނަޖުދާ އަލީ އަދި ފާތުމަތު މާޝާ ހުސައިން އެވެ. މީގެ އިތުރުންވެސް މިދިޔަ އަހަރު އެކިއެކި ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އިނާމާއި ޓްރޮފީ އަދި ހަނދާނީލިޔުން ދީފައިވެ އެވެ.

ބ. އަތޮޅު މަދަރުސާގެ 35 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ޚާއްސަ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީލިޔުން އަދި ޓްރޮފީތައް ހަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތުމަތު ހިލްމީ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.