ހޮޓެލް އޭޝިޔާ އެގްޒެބިޝަން އަދި ކަލިނަރީ ޗެލެންޖުގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު

ހޮޓެލް އޭޝިޔާ އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖުގެ ޓެލެކޮމް ޕާޓުނަރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ .--ފޮޓޯ: ދިރާގު
ހޮޓެލް އޭޝިޔާ އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖުގެ ޓެލެކޮމް ޕާޓުނަރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ .–ފޮޓޯ: ދިރާގު

މާދަމާ ފަށާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖާއި އޭގެ އަނެއް ދުވަހު ފަށާ ހޮޓެލް އޭޝިޔާ އެގްޒިބިޝަންގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސާސް (މެކްސް) އާއި ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން އިންތިޒާމް ކޮށްގެން ދަރުބާރުގޭގައި ބާއްވާ ފެއާގައި މި އަހަރު 175 ސްޓޯލް ހުންނާނެ އެވެ. އަދި 280 އަށް ވުރެ ގިނަ ރިސޯޓާއި ކުންފުނި އަދި ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކުން ބައިވެރިވެ އެވެ.

ހޮޓެލް އޭޝިއާގެ ކަލިނަރީ ޗެލެންޖުގައި 500 އަށް ވުރެ ގިނަ ކައްކާއިން ބައިވެރިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ވެސް ހިމެނެ އެވެ. މި ޗެލެންޖުގައި 19 ކެޓަގަރީއެއް ހިމަނާފައިވެ އެވެ. މިއިން ކޮންމެ ބަޔަކުން ވަނަ ހޮވުމުގެ އިތުރުން ހާއްސަ ހަތަރު އެވޯޑެއް ވެސް ދޭން ވަނީ ހަމަޖައްސައިފަ އެވެ.

ކެއްކުމުގެ ބައި އިންސާފުކުރަން ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ހާއްސަ ޕެނަލްގައި އެންމެ އިސްކޮށް ހުންނާނީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ޝެފެއް ކަމަށްވާ އެލަން ޕާމާ އެވެ. މި ޗެލެންޖަށް އޭނާ ވަނީ ހާއްސަ އެވޯޑެއް ވެސް ހުށަހަޅައިފަ އެވެ.

އެންމެ މަގުބޫލު ޝެފާއި ޕޭސްޓްރީ ޝެފް އަދި އެންމެ މޮޅު ދިވެހި ޝެފް ވެސް ހޮވާނެ އެވެ.

ދިރާގުން ބުނީ މިފަދަ ބޮޑު ފެއާއެއްގައި ޓެލެކޮމް ޕާޓުނަރެއްގެ ހައިސިއްޔަތުން ބައިވެރިވެވޭތީ އުފާކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.