މަޓާޓޯގެ އެންމެ ޝަރަފުވެރި އެވޯޑް ސޮނެވާފުއްޓަށް ލިބިއްޖެ

ސޮނެވާފުށީ ރިސޯޓް
ސޮނެވާފުށީ ރިސޯޓް

ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (މަޓާޓޯ) އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ބ. އަތޮޅުގައި ހިންގަމުން އަންނަ ސޮނޭވާފުއްޓަށް ލިބިއްޖެ އެވެ.

ކޮކޯ ޕާމް ބޮޑުހިތި ރިސޯޓުގައި ރޭ ބޭއްވި އެވޯޑް ދިނުމުގެ ހަފުލާގައި ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑް ސޮނެވާފުށި ރިސޯޓާ ހަވާލުކޮށްދެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް އެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑު ސޮނެވާފުއްޓާ ހަވާލު ކުރަނީ-- ފޮޓޯ: ސަން އޮންލައިން
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑު ސޮނެވާފުއްޓާ ހަވާލު ކުރަނީ– ފޮޓޯ: ސަން އޮންލައިން

ޓޫރިޒަމް ދާއިރާގެ ހިދުމަތް ދޭ ފަރާތްތަކަށް ހާއްސަކޮށްގެން މަޓާޓޯ އިން ދޭ މި އެވޯޑުގެ އެންމެ ހިތްގައިމު ގޮނޑު ދޮށެއް އޮންނަ ރިސޯޓަކަށް ދޭ ލީޑިން ބީޗް ރިސޯޓުގެ އެވޯޑު ކާމިޔާބުކުރީ އަނަންތާރާ ކިހާވަށް ރިސޯޓަށެވެ. މި އެވޯޑް މިދިޔަ އަހަރުވެސް ގެންދިޔައީ އެ ރިސޯޓުންނެވެ.

މީގެ އިތުރުން ލީޑިން ފެމިލީ ރިސޯޓަކަށް ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ، މޯސްޓް ރޮމޭންޓިކް ރިސޯޓު- ޕާ އަކުއަމް ހުވެފެންފުށި، ލީޑިން ޑައިވް ސްކޫލަކަށް ބްލޫ ޓްރައިބް ބައި ކޮންސްޓަންސް ހޮޓެލްސް، ލީޑިން ޑިޒައިނާ ރިސޯޓަކަށް ޕާކް ހަޔަޓް މޯލަޑިވްސް، ލީޑިން ސްޕާ ރިސޯޓަކަށް އަދާރަން ސިލެކްޓް ހުދުރަންފުށި، ލީޑިން އެފް އެންޑް ބީ ރިސޯޓަކަށް ޕާ އަކުއަމް ނިޔާމަ އަށް ވަނީ ހޮވިފަ އެވެ
މި އެވޯޑުގައި މިފަހަރު 18 ކެޓަގަރީއަކުން ވަނީ އެވޯޑް ދީފަ އެވެ. އެހެން އެވޯޑްތަކުގެ ތެރޭގައި؛

• ލީޑިން އޯލް އިންކްލޫސިވް ރިސޯޓް- ލަކްސް މޯލްޑިވްސް
• ލީޑިން ލޯކަލް ހޮޓެލް/ރިސޯޓް ބްރޭންޑް- ވިލާ ހޮޓެލްސް
• ލީޑިން ވެލްނަސް އެންޑް ސްޕާ ރިސޯޓް- އަނަންތަރާ ވެލި ރިސޯޓް އެންޑް ސްޕާ
• ލީޑިން ސީއެސްއާރް ޕްރޮގްރާމް- ކޮކޯ ޕާމް ދުނިކޮޅު
• މޯސްޓަ ސަޕޯޓުވް ރިސޯޓް- ބަނޑޮސް އައިލެންޑް ރިސޯޓް
• ލީޑިން ލިވަބޯޑް ބްރޭންޑް- ކާޕޭ މޯލްޑިވްސް
• ލީޑިން އެކްޓިވިޓީ ވޯޓާ ސްޕޯޓްސް ސެންޓަރު- ކިއު އެޑްވެންޗާ މޯލްޑިވްސް
• ލީޑިން ޑައިވް ރިސޯޓް- ބަނޑޮސް އައުލްންޑް ރިސޯޓް
• ލީޑިން ބުޒްނަސް ހޮޓެލް- ޖެން
• ލީޑިން ޑޮމެސްޓިކް އެއާލައިން- ވިލާއެއާގެ ފްލައިމީ

ރޭގެ ހަފްލާގައި ވާހަކަދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވަނީ، އަންނަ އަހަރަކީ މި އެވޯޑު ދެމުން އަންނަތާ 5 އަހަރުފުރޭ އަހަރަށްވުމާއެކު، މި އެވޯޑު ހަފްލާ ފެނިގެންދާނީ ތަފާތު ގޮތަކަށް ކަމަށް، ވިދާޅުވެފައެވެ.
އެގޮތުން އަންނަ އަހަރު މަޓާޓޯ ޓްރެވެލް އެވޯޑްސްގެ ސްޕެޝަލް އެޑިޝަނެއް އިނގިރޭސި ވިލާތުގެ ލަންޑަނުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް