
މިއަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ އުރީދޫ ފަން ރަންގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.
މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ދުވުމެކެވެ. މި ދުވުމުގެ މަގުސަދަކީ އާއިލާތަކަށް އެކުގައި ވަގުތު ހޭދަކޮށްލާނެ މަޖާ މާހައުލެއް ހޯދައިދީ، ހަރަކާތްތެރިވެ އުޅުމަށް ހިތްވަރުދިނުމެވެ. މި ދުވުމުގައި އެކި އޮބްސްޓެކުލްތައް ހުރަސްކޮށް، ފޯމް ޕާޓީ ފަދަ އެކި މަޖާ ހަރަކާތްތައް ކުރިއަށް ދާނެ އެވެ.
މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުން ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް ލިބޭނެ އެވެ. އެއީ ފަން ރަންގެ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭއިރު، އޭގެ އަގަކީ 110ރ. އެވެ. އަދި 210ރ. ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަހަކާއި އައިނު އަދި ބަންޑާނާ ހިމެނެ އެވެ.
މި ދުވުމުގައި މޫލީ މެދުވެރިކޮށް އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ.
Fun Run 2025Fun Run 2025 މި ލިންކުން ފަން ރަންގައި ބައިވެރިވެވޭނެ.
އުރީދޫގެ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 6،500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
މި ދުވުމުގެ އެކި އެޑިޝަންތައް މާލޭގެ އިތުރު ބޮޑެތި ރަށްރަށުގައި ވެސް ދަނީ ބާއްވަމުންނެވެ.