ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލުން ލޯނު ދޫކުރަނީ

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ވަމުންދާ ގެއްލުން ކުޑަ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ރިކަވަރީ ޕްލޭންގެ ދަށުން ވިޔަފާރިތަކަށް އެހީތެރިވުމަށް މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރަން ނިންމައިފިއެވެ.  

ބީއެމްއެލުން ބުނީ ސަރުކާރުން ގާއިމްކޮށްފައިވާ މި ސްކީމަށްށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ ފަރުދުންނާއި، ކޯޕްރޭޓްތަކުގެ އިތުރުން ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށެވެ. މިގޮތުން މި ފަރާތްތަކަށް ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ވާރކިންގ ކެޕިޓަލް ގެ ގޮތުގައި ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭނުންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އެ ސްކީމްގެ ދަށުން ފައިނޭންސްކޮށްދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓަރންއޯވަރގެ ގޮތުގައި 10 މިލިއަނަށްވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރިތަކަށެވެ.

“މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު %6 އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިންގ އެކެވެ. މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ 3 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.” ބީއެމްއެލް އިން ބުންޏެވެ.

                އަދި މަތީގައި ދެންނެވިފައިވާ ކެޓަރީގައި ނުހިމެނޭ ވިޔަފާރިތަކަށް ކޮވިޑް-19 ރިކަވަރީ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެހެނިހެން މާލީ އިދާރާތަކުން ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުންނެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އިން ލިބޭނެއެވ

މި ސްކީމް އާ ގުޅޭ އިތުރު މަޢުލޫމާތު ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް  https://www.bankofmaldives.com.mv/covid-19-recovery-scheme  އިން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.