އައިފޯނު 6 އާއި 6 އެސް ޕްލަސްގެ ފޯނުތައް ދިރާގުން ވިއްކަން ފަށަނީ

iphone-6s-and-iphone-6s-plus-leaked-images-suggest-minimal-design-changes

އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 6 އެސް އަދި 6 އެސް ޕްލަސް އަންނަ މަހުގެ 8 އިން ފެށިގެން ދިރާގުން ވިއްކާނެ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

ދިރާގުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އައިފޯނު 6 އެސް އަދ 6 އެސް ޕްލަސް ގަންނަން ބޭނުންވާ ފަރާތްތަކުން ޕްރީ ރެޖިސްޓާ ކުރުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

ޕްރީ ރެޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކުން ދިރާގުގެ ވެބްސައިޓަށް ވަނުމުން އެކަން ހަމަޖެހޭނެއެވެ.

ދިރާގުގެ މާކެޓިން ޑިރެކްޓަރު އަހުމަދު މައުމޫން ވިދާޅުވީ އެޕަލްގެ އޮފިޝަލް ޑިސްޓްރިބިއުޓާއެއްގެ ގޮތުގައި ސޮފްޓް ޓަޗް ހަމަޖެހިގެން ދިއުމުން އެކަމަށް މަރުހާބާ ކިޔާ ކަމަށާއި އައިފޯން ތައާރަފް ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭތީ ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ.

“އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާވޭ ރާއްޖޭން އައިފޯން ވިއްކާ ފުރަތަމަ މުވާސަލާތީ ހިދުމަތްދޭ ކުންފުންޏަށް ވީމަ،” މައުމޫން ވިދާޅުވިއެވެ.

މި މަހުގެ 25 ވަނަ ދުވަހު އެޕަލް އިން އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް ރާއްޖޭގައި ފޯނު ވިއްކާ މަޝްހޫރު ފިހާރަތަކުން މިހާރު ގަންނަން ލިބެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.