ދިރާގުން ރާއްޖޭގެ ހުރިހާ ރަށަކަށް 3ޖީ ގެ ޚިދުމަތް ދީފި

ދިރާގުން މުޅި ރާއްޖެއަށް 3ޖީ މޯބައިލް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތްދީ ނިންމާލުމަށްފަހު ސީއީއޯ އިސްމާއިލް ރަޝީދު )މ( ނޫސްވެރިންނާ ވާހަކަދައްކަވަނީ. ހަވީރު ފޮޓޯ:
ދިރާގުން މުޅި ރާއްޖެއަށް 3ޖީ މޯބައިލް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތްދީ ނިންމާލުމަށްފަހު ސީއީއޯ އިސްމާއިލް ރަޝީދު )މ( ނޫސްވެރިންނާ ވާހަކަދައްކަވަނީ. ހަވީރު ފޮޓޯ:

 

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ދެމުން އަންނަ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ރާއްޖޭގެ ހުރިހާ ރަށަކަށް 3 ޖީގެ ޚިދުމަތް ދީފިއެވެ.

ދިރާގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގުގެ ފަރާތުން 3ޖީ ގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށާއި، މިއީ ދިރާގަށް ލިބުނު ޝަރަފެއް ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ދިރާގުން މަސައްކަތް ކުރަނީ، ދިރާގުގެ ޚިދުމަތްތައް ހަމައެކަނި މާލެއަށް ފޯރުކޮށްދިނުމަށް ނޫން ކަމަށާއި، އަބަދުވެސް ބަލަނީ ވީހާވެސް ބޮޑު އާބާދީއަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ދިރާގުގެ އެހެން ޚިދުމަތްތައްވެސް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކުރެވިގެން ދާނެކަމުގެ ޔަޤީންކަންވެސް ދިރާގުގެ ސީއީއޯ ވަނީ ދެއްވާފައެވެ.

ދިރާގުން ރާއްޖޭގެ ހުރިހާ ރަށަކަށް 3ޖީގެ ޚިދުމަތް ދިނުމަށް މިއަހަރު ކުރީކޮޅު ފެށި ޕްރޮޖެކްޓް ނިންމާލާފައި މިވަނީ ޓާގެޓް ކުރި މުއްދަތަށްވުރެ ތިން މަސް ކުރިންނެވެ.

ދިރާގަކީ ރާއްޖޭގެ ހުރިހާ ރަށަކަށް 3ޖީގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ނެޓްވޯކްއެވެ.

ދިރާގުން މިހާރުވެސް ގެންދަނީ ރާއްޖޭގެ ބޮޑު ބަޔަކަށް 4ޖީގެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ. އަދި މި މަހުގެ ތެރޭގައި ދިރާގުން ވަނީ 4ޖީ އެލްޓީއީ އެޑްވާންސް ގެ ޚިދުމަތްވެސް ތަޢާރުފް ކޮށްފައެވެ. ދިރާގަކީ ދެކުނު އޭޝިޔާގައި މި ޚިދުމަތް ދޭން ފެށި ފުރަތަމަ ކުންފުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.