ދިރާގު އަހަރީ ދުވަހުގެ ހަދިޔާއަކަށް އެއް ޖީބީ ޑޭޓާ ހިލޭ

ދިރާގު ހެޑް އޮފީސް: އެ ކުންފުނިން ދަނީ ހިދުމަތްތައް ފުޅާ ކުރަން ގިނަ މަސައްކަތްތައްކުރަމުން -- ފޮޓޯ: ދިރާގު
ދިރާގު ހެޑް އޮފީސް: އެ ކުންފުނިން ދަނީ ހިދުމަތްތައް ފުޅާ ކުރަން ގިނަ މަސައްކަތްތައްކުރަމުން — ފޮޓޯ: ދިރާގު

ދިރާގުގެ 27 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އެ ކުންފުނިން އަހަރީ ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ހުރިހާ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ އެލަވެންސް ދިނުމަށް ނިންމައިފިއެވެ.

ދިރާގުގެ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 1ޖީބީ ހިލޭ ޑޭޓާ ދިނުމަށް ދިރާގުން ނިންމާފައިވާއިރު، ޑޭޓާ ޕްލޭނެއް އެކްޓިވޭޓް ކޮށްފައި ނުވިޔަސް މި ހިލޭ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ޓަޗްނެޓް ބޭނުންކުރާ ކަސްޓަމަރުންނަށް ހިލޭ 5ޖީބީ ދިނުމަށް ވެސް ދިރާގުން ވަނީ ނިންމާފައެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެއެވެ.

އަހަރީ ދުވަހު ދެވޭ މި ހާއްސަ ހަދިޔާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ މާކެޓިން ޑިރެކްޓަރ އަހްމަދު މައުމޫން ވިދާޅުވީ ހިލޭ ޑޭޓާ އެލަވެންސް ހުރިހާ ކަސްޓަމަރުންނަށް ދިނުމަށް ނިންމީ، ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ކަމަށާއި މިއީ ދިރާގާއެކު ކަސްޓަމަރުން ތިބުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ ހަދިޔާއެއް ކަމަށެވެ.

މީގެއިތުރުން އަހަރީ ދުވަހާ ދިމާކޮށް ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. ޕްރޮމޯޝަނުގެ ދަށުން އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް 6 އެޖް ސްމާޓް ފޯނެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮމޯޝަނަން ކުރިއަށް ދާނީ މިރޭ 12ގެ ނިޔަލަށެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޓްވިޓާ އަދި ފޭސްބުކް ބޭނުންކޮށްގެންނެވެ. އެގޮތުން ޓްވިޓާއިން ނަމަ ދިރާގު ފޮލޯ ކުރުމަށްފަހު، ދިރާގުގެ އޮފިޝިއަލް އެނިވާސަރީ މެސެޖް ރީޓްވީޓްކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވުނީއެވެ. ފޭސްބުކްއިން ނަމަ ދިރާގު ފޭސްބުކް ޕޭޖްގައިވާ އެނިވާސަރީ މެސެޖަށް ލައިކް ޖެހުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.