ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ބާއްވާ އުރީދޫ މަސް ރޭސް މިއަހަރު ނުބާއްވަން ނިންމައިފިއެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އުރީދޫން ބާއްވާ މި މުބާރާތް މިއަހަރު ނުބާއްވަން ނިންމީ މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަސް އިން ރައްކާތެރިވާން، އާންމު އެއްވެ އުޅުން މަދުކުރުން މުހިންމުވާތީ ރައްކަތެރިކަމުގެ ގޮތުންނެވެ.
އުރީދޫން ބުނީ މި ވަގުތު އެންމެ އިސްވާނީ ރައްޔިތުންނާއި މުޖުތަމައުގެ ރައްކާތެރިކަން ކަމަށެވެ. އެހެންވެ މަސް ރޭސް ނުބާއްވަން ނިންމުމަކީ މިވަގުތަށް ކޮންމެހެން މުހިންމު ނިންމުމެއް ކަމަށް ބުންޏެވެ.
މިއަހަރުގެ މަސް ރޭސް ނުބޭއްވުނު ނަމަވެސް އަންނަ އަހަރު، ކުރީ އަހަރުތަކަށްވުރެ ކުލަގަދަކޮށް މަސް ރޭސް ބާއްވަން އުރީދޫން ވަނީ ނިންމައިފަ އެވެ.