އެޓޯލް ކިއުޓް ފެރީ ވައިފައި ކޮށްފި

އެޓޯލް ކިއުޓް ފެރީގައި މިއަދު ހެނދުނު ރަސްމީކޮށް ފައިވައި ހިދުމަތް ފަށައިދެނީ
އެޓޯލް ކިއުޓް ފެރީގައި މިއަދު ހެނދުނު ރަސްމީކޮށް ފައިވައި ހިދުމަތް ފަށައިދެނީ

ބ. އޭދަފުއްޓާ މާލެއާ ދެމެދު ފެރީ ދަތުރުތައް ބާއްވާ “އެޓޯލް ކިއުޓް ކްރޫޒާ” ފެރީ ވައިފައި ކޮށްފި އެވެ.

މިއީ ދިރާގާއި ގުޅިގެން އެޓޯލް ކިއުޓް ފެރީ ސާވިސް އިން ދޭން ފެށި ހިދުމަތެކެވެ. މި ހިދުމަތް އެ ފެރީގައި ތައާރަފުކުރީ ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމަށް ކަަމަށް އެޓޮލް ކިއުޓް ފެރީން ބުނެ އެވެ.

މި ހިދުމަތް މިއަދު ހެނދުނުު އެ ފެރީގައި ރަސްމީކޮށް ފަށާފައިވާއިރު ދިރާގުން ބުނިގޮތުގައި މިކަމަށް ދިރާގު ހިޔާރުކުރެއްވީތީ އެ ކުންފުނިން އެޓޯލް ކިއުޓް ފެރީ ސާވިސް އަށް ޝުކުރު އަދާކުރެ އެވެ.

އެޓޯލް ކިއުޓް ފެރީގައި މިއަދު ހެނދުނު ރަސްމީކޮށް ފައިވައި ހިދުމަތް ފަށައިދެނީ
އެޓޯލް ކިއުޓް ފެރީގައި މިއަދު ހެނދުނު ރަސްމީކޮށް ފައިވައި ހިދުމަތް ފަށައިދެނީ

އެޓޮލް ކިއުޓް ފެރީން ބުނިގޮތުގައި މިކަމަށް ދިރާގު ހިޔާރުކުރެއްވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި 3ޖީ އަދި 4ޖީ ހިދުމަތް ފޯރުކޮށްދެނީ ދިރާގު ކަމަށްވާތީ އެވެ.

މި ހިދުމަތުގެ ސަބަބުން އެ ފެރީގައި ދަތުރުކުރާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވެސް އެޓޯލް ކިއުޓް ފެރީން ބުނެ އެވެ.

އެޓޯލް ކިއުޓް ކުރޫޒާ އަކީ މިދިޔަ ބޮޑުއީދަށް އަލަށް ބާލައި ޚިދުމަތް ދޭންފެށި ލޯންޗެކެވެ. 50 މީހުންގެ ޖާގައިގެ އެ ލޯންޗުގައި އޭދަފުށި-މާލެ ދަތުރުތައް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

އެޓޯލް ކިއުޓް ފެރީ ޝެޑިއުލް
ހޮނިހިރު، ހޯމަ އަދި ބުރާސްފަތި (އޭދަފުށި ފުރުން ހެނދުނު 8:00 ގައި)
ހޮނިހިރު އަދި ހޯމަ ދުވަހު މާލެއިން ފުރުން ހެނދުނު 11:00 ގައި، ބުރާސްފަތި ދުވަހު މެންދުރު 1:00 ގައި)

އެޓޮލް ކިއުޓް އާ ފެރީ
އެޓޮލް ކިއުޓް އާ ފެރީ

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. އަބޫ ޔޫސުފު

    ނުލާހިކު ކުރުމުއްދަތެއްގެ ތެރޭގައި ތިޔަވަރުގެ ބޮޑު ކުރިއެރުމެއް އެޓޯލް ކިއުޓް ފެރީ ސަރވިސް ތިޔަ ހޯއްދެވީ ފަސޭހަ ކަމާއެކު. އޭގެ ސިއްރަކީ ކަސްޓަމަރުން ނަށް އިތުބާރުހިފޭފަދަ ޚިދުމަތެއް ދެއްވޭތީ ކަން ޔަޤީން. މަރްޙަބާ އެޓޯލްކިއުޓް މެނޭޖްމަންޓް.

    ރައްދު
  2. މުޙައްމަދު

    އެޓޯލް ކިއުޓް ކުރޫޒަރގެ މެނޭޖްމަންޓް އަށް މަރުޙަބާ.. ބ. އަތޮޅުގެ ފެރީގެ ޚިދުމަތުގައި ތިޔައީ ކާލާ މަންނަ އެވެ.

    ރައްދު
  3. އަޙްމަދު ރަޝީދު (ސީޓޭ)

    “އެޓޯލް ކިއުޓް ކްރޫޒާ”ގެ މެނޭޖްމަންޓަށް މަރްޙަބާ. ކުރިޔަށް ކުރިޔަށް ކުރިޔަށް… ބާރަށް ކުރިޔަށް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.