ހަވީރު ސްޕޯޓްސް އެވޯޑްސް އަށް ޝާފީއާއި ހަމްޕު ނޮމިނޭޓް ވެއްޖެ

image-88f22c96fafd6d32cd67ac54396dcebc87b968aea73b5df7b41c5fbab1e39f62-V

ޕްރެޒިޑެންޓްސް ކަޕުން ހަވީރު ސްޕޯޓްސް އެވޯޑުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި އޭދަފުއްޓަށް ދެ ކުޅުންތެރިން ހިމެނިއްޖެ އެވެ.

ހަވީރުގެ އެވޯޑާއި 30،000ރ. ގެ ފައިސާގެ އިނާމް ލިބޭ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޝާފިއު އަހްމަދު ނޮމިނޭޓްވިއިރު، މުހައްމަދު ހަމްޒާ (ހަމްޕް) ހިމެނިފައިވަނީ މި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައެވެ.

އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މި މުބާރާތުން ދެން ވާދަކުރަނީ ޗެމްޕިއަން މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި މުހައްމަދު އުމެއިރު އާއި ރަނަރަޕް ނިއު ރޭޑިއަންޓުގެ އަސްހަދު އަލީ (އަޑުބަރޭ) އަދި ބީޖީ ސްޕޯޓްސްގެ އިބްރާހިމް ހަމްދާން އެވެ.

12080795_1028741757145122_1920579318_n

ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ ބުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހަމްޕު އާއެކު ވާދަކުރަނީ ޓީސީ ސްޕޯޓްސްގެ ހަސަން ނާއިޒް އާއި މަހިބަދޫ ސްޕޯޓްސްގެ ސަމޫހު އަލީ (ސަމުއްޓެ) އާއި ކްލަބް އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) އަދި މުހައްމަދު ހަމްދޫން އެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުމެޗު ފިޔަވައި ހުރިހާ މެޗެއްގައި ޝާފީ ވަނީ ކުޅެފަ އެވެ. އަދި ހަމްޒާ މުހަންމަދު (ހަމްޕް) ވެސް މި މުބާރާތުގެ ފައިނަލް މެޗު ފިޔަވާ ހުރިހާ މެޗެއްގެވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.