ޑރ ޝާން އޭދަފުށީ މެޑިކަލް ސެންޓަރަށް

12068697_722097607920373_5150228861407144329_o

ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޑރ ޝާން އޭދަފުށީ މެޑިކަލް ސެންޓަރުގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނި ގޮތުގައި ޝާން އެ ކްލިނިކުގައި ބަލިމީހުން ބައްލަވާނީ އޮކްޓޯބަރު 15 އާއި 30 30 އާ ދެމެދުގެ ދުވަހެއްގަ އެވެ.

ޑރ ޝާންއަކީ ކަށީގެ ބޮޑެތި އޮޕަރޭޝަން ތަކާއި ކަށްޓަށް ދިމާވާ ތަފާތު މައްސަލަތަކަށް ފަރުވާދެއްވުމަށް ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ މޮޅު އެއް ޑޮކްޓަރެވެ. ޝާން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުވެސް އެ ކުލިނިކުގައި ބަލިމީހުން ބައްލަވާފަ އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނީ ޝާންމެން ފަދަ ޑޮކްޓަރުން އެ ކުލިނިކަށް ވަޑައިގެން ބަލިމީހުންނަށް ފަރުވާ ދެއްވާކަމީ ކްލިނިކުން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމެއް ކަމަށެވެ. އަދި މިއަތޮޅުގެ ރައްޔިތުންނަށް މާލެނުގޮސް މިފަދަ ސްޕެސަލިސްޓުންނަށް ފަސޭހައިން ދައްކާލުމަށް ލިބިގެންދާނެ ވަރަށްބޮޑު ލުއި ފަސޭހައެއް ކަމަށްވެސް އެ ކްލިނިކުން ބުންޏެވެ.

ޝާން އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 7523242، 9631111 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.