ރެޑްބުލް ވިނިން ފައިވް މުބާރާތް އޭދަފުށީގައިވެސް ބާއްވަނީ

_I9B0859resized

ރެޑްބުލް އިން އިންތިޒާމްކޮށްގެން ފާއިތުވި ދެ އަހަރުވެސް ރާއްޖޭގައި ބޭއްވި ރެޑްބުލް ވިނިން ފައިވް ގެ މިއަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުތަކެއް އޭދަފުށީގައިވެސް ބޭއްވުމަށް ރެޑް ބުލް އިން ނިންމާފައިވާ ކަމަށް ޔޫރޯ މާކެޓިން އިން ބުނެފި އެވެ

ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މި މުބާރާތުގެ ކޮލިފައިން ފަށާނީ މި މަހުގެ 23 ވަނަ ދުވަހު ބ. އޭދަފުށީގަ އެވެ.

މި މުބާރާތުގެ ކޮލިފައިން ބުރުތައް ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ކުރިއަށް ދާނެ އެވެ. އެގޮތުން ބ. އޭދަފުއްޓާއި ހދ. ކުޅުދުއްފުށި، ޅ.ހިންނަވަރު އަދި ކ.ކާށިދޫގައި މި އަހަރު މުޅިން އަލަށް ރެޑްބުލް ވިނިން 5ގެ ކޮލިފައިން ބުރު ކުރިއަށްދާނެ ކަމަށް ޔޫރޯ މާކެޓީން އިން ބުންޏެވެ. މިދިޔަ އަހަރު މި މުބާރާތް ބޭއްވީ މާލޭގެ އިތުރުން ގ.ދ. ތިނަދޫ. ގ.އ. ވިލިގިލި، ސ.ފޭދޫ، ޏ.ފުވައްމުލަކުގަ އެވެ.

ރެޑްބުލް އިން 2013 ވަނަ އަހަރު ރާއްޖެ އަށް ތައާރަފްކުރި ރެޑްބުލް ވިނިން 5 މުބާރާތަކީ ދިވެހި ޒުވާނުންގެ މެދުގައި މަގްބޫލު މުބާރާތެކެވެ. މިދިޔަ އަހަރު މި މުބާރާތުގައި 181 ޓީމު ވާދަކުރި އެވެ. ޖުމްލަ 905 ކުޅުންތެރިންގެ ކުޅުން މި މުބާރާތުގައި ފެނިގެންދިޔައިރު، މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތެވެ.

މި އަހަރު ރެޑްބުލް ވިނިން 5ގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް، ބްރެޒިލްގެ ސަންތޯސް އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ފުޓްބޯޅައިގެ މަޝްހޫރު ތަރިން ކަމަށްވާ ރޮނާލްޑޯ އާއި ރޮނާލްޑީނިއޯ އަދި ޕެލޭ ނިސްބަތްވާ ބްރެޒިލް އަކީ ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު ގައުމެވެ.

ސަންތޯސް އަށް ބްރެޒިލްގެ ގައުމީ ޓީމާއި ބާސެލޯނާގެ ތަރި ނޭމާ ނިސްބަތްވާ ސިޓީއެވެ. ސަންތޯސްގެ ފުޓްބޯޅަ ޓީމު ކަމަށްވާ ސަންތޯސް އެފްސީ އަކީ ނޭމާގެ އިތުރުން ރޮބީނިއޯ އާއި ޕެލޭ ވެސް އެންމެ ފުރަތަމަ ނެރުނު ކްލަބެވެ.

ރެޑްބުލް ވިނިން 5 އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދައިފައިވާ މުބާރާތެކެވެ. މި އަހަރުގެ ރެޑްބުލް ވިނިން 5 މުބާރާތުގެ ކޮލިފައިން ބުރުތަކާއެކު، މި މުބާރާތް ގާތްގަނޑަކަށް 2 މަސް ދުވަހަށް ދިގު ދެމިގެންދާނެ އެވެ.

5 އޮން 5 މުބާރާތަކަށްވި ނަމަވެސް، އާންމުކޮށް ކުޅޭ މުބާރާތްތަކާ ރެޑް ބުލް ވިނިން 5ގެ ގަވައިދުތައް ތަފާތެވެ. ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިން ހިމެނުނު ނަމަވެސް، ގޯލްކީޕަރެއް ނުހުންނާނެ އެވެ. އެންމެ ފާހަގަކޮށްލެވޭ ގަވައިދަކީ ޓީމަކުން ލަނޑެއް ޖަހައިފި ނަމަ، އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް ވަގުތުން ބާލަން ޖެހުމެވެ. ކޮންމެ މެޗަކަށް 10 މިނިޓު ކަނޑައަޅާފައި އޮތް ނަމަވެސް، ޓީމެއްގެ ކުޅުންތެރިން ހުސްވެއްޖެ ނަމަ އެ ވަގުތު ހަމަވުމުގެ ކުރިން މެޗު ނިމޭނެ އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމިއްޖެ ނަމަ، ނަތީޖާ ކަނޑައަޅާނީ ޕެނަލްޓީ ޖަހައިގެންނެވެ.

މި އަހަރުގެ މުބާރާތުގެ ރެޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރެޖިސްޓްރާކުރާނީ www.redbull.com/winning5mdv އިންނެވެ. އަދި އެންމެ ފަހުގެ ޙަބަރާއި މައުލޫމާތު، މި އިވެންޓުގެ ފޭސްބުކް ޕޭޖު http://bit.ly/winning5mv2015 އިން ލިބޭނެ އެވެ.

މި މުބާރާތުގެ އޮފިޝަލް ޓީވީ ޕާޓްނަރަކީ ޕީއެސްއެމް އެވެ. އަދި މުބާރާތުގެ އޮންލައިން ޕާޓްނަރަކީ ހަވީރު އޮންލައިން އެވެ.

ރެޑްބުލް ވިނިން 5 2015: ކުއަލިފައިން ކުޅޭ ރައް އަދި ތާރީޙް

• ބ. އޭދަފުށި 23-24 އޮކްޓޯބަރު

• ޏ. ފުވައްމުލައް 30-31 ނުވެމްބަރު
• ސ. ފޭދޫ 30-31 ނުވެމްބަރު
• ގ.ދ. ތިނަދޫ 6-7 ނުވެމްބަރު
• ހ.ދ. ކުޅުދުއްފުށި 6-7 ނުވެމްބަރު
• ގ.އ. ވިލިގިލި 13-14 ނުވެމްބަރު
• ޅ. ނައިފަރު 20-21 ނުވެމްބަރު
• ކ. ކާށިދޫ 27-28 ނުވެމްބަރު
• ކ. މާލެ 4-5 ޑިސެމްބަރު
• ކ. މާލެ 11-12 ޑިސެމްބަރު (ފައިނަލް)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.