ޑރ އަސީލް އޭދަފުށީ މެޑިކަލް ސެންޓަރަށް

12132468_727317474065053_2512460592929483758_o

އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަސީލް ޖަމީލް ބ. އޭދަފުށީ މެޑިކަލް ސެންޓަރުގައި ބަލިމީހުން ބަލަން ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނީ އައިޖީއެމްއެޗުގެ ގައިނަކޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް ޑޮކްޓަރު އަސީލް ޖަލީލު އަންނަ ނޮވެމްބަރު 6-7 އަށް އެ ކުލިނިކުގައި ކުރިއަށްދާ ކޭމްޕްގައި ބަލިމީހުން ބައްލަވާނެ ކަމަށެވެ.

“މި ކޭމްޕަގައި އަންހެނުންގެ ބަލިތަކަށް ފަރުވާދެއްވުމުގައި ތަޖުރިބާކާރު ޑރ އަސީލް އަންހެނުންނަށް ދިމާވާ. ތަފާތު ބަލިތަކަށް ފަރުވާ ދެއްވާނެ، އެ ޕޮއިންޓްމެންޓު ހަދަން ބޭނުންވާ ފަރާތްތަކުން 7523242، 9631111 އާ ގުޅުއްވަމުން ގެންދަވަންވީ،” އޭދަފުށީ މެޑިކަލް ސެންޓަރުގެ ހެޑް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ޑރ އަސީލުގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ސައީދު އާއި ސްކޭން ޑޮކްޓަރު އިބްރާހިމް ރަޝީދު އަދި ހަމުގެ ހާއްސަ ޑޮލްޓަރު މައުސޫމާވެސް އަންނަ ނޮވެމްބަރު 6-7 އަށް އެ ސެންޓަރުގައި ބަލިމީހުން ބައްލަވާނެ އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނިގޮތުގައި މިފަދަ ކޭމްޕްތައް ބާއްވަނީ ކުޑަހަރަދަކުން މިއަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ސްޕެސަލިސްޓުންގެ ހިދުމަތް ދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.