އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުއިޒްއެއް ބާއްވަނީ

Women's Day 2013 Quiz

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ޚާއްޞަ ކުއިޒެއް ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ބ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ބުނެފިއެވެ. އިޖްތިމާޢީ ސުވާލުތަކެއް ހިމަނައިގެން 14 މާރޗް ވާ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކުއިޒްގައި 18 އަހަރުން މަތީގެ ދެޖިންސްގެ ބޭފުޅުންނަށްވެސް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިގޮތުން ކޮންމެ ޓީމެއްގައި މަދުވެގެން 5 މެމްބަރުން އަދި ގިނަވެގެން 7 މެމްބަރުން ބައިވެރިކުރެވޭނެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. މި ކުއިޒް އިން އެއްވަނައަށްދާ ޓީމަކަށް -/1500 ރުފިޔާ އަދި ދެވަނައަށްދާ ޓީމަކަށް -/500 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ކުއިޒްގައި ބައިވެރިވުމުގެ ފުރުޞަތު 10 މާރޗް ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމާއި ހަމައަށްވަނީ ހުޅުވާލެވިފައެވެ. މުބާރަތުގައި ބައިވެރިވުމަށް އެދޭ ފޯމް ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން އަދި އޭދަފުށީ ޓައިމްސް އިން ލިބޭނެއެވެ.

މި ކުއިޒް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ އިޖްތިމާޢީ ކަންކަމުގައި އާއްމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރި ކުރުމާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުންކަމަށް އެސެންޓަރުން ބުނެއެވެ.

މި ކުއިޒްގެ މެއިން ސްޕޮންސަރ އަކީ އޭދަފުށީ ސަމޫމް އެލްމެނިއަމްސް އެވެ. އަދި ކޯ ސްޕޮންސަރުންނަކީ ޖޭ.ޕޯޓްރެއިޓްސް އަދި ފެއިމްސް ވެއަރ އެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ 8 ވަނަ ދުވަހެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ 102 ވަނަ އަންހެނުންގެ ދުވަހެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6608472 ނަންބަރާއި ގުޅުއްވުން އެދެމެވެ.

ގަވާއިދު އަދި ބައިވެރިވުމަށި އެދޭ ފޯމް ޑައުންލޯޑް ކުރައްވާ

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.