ވިލާ ކޮލެޖްގައި މާސްޓަ އޮފް އާޓްސްއިން އެޑިއުކޭޝަން ކޯހެއްފަށަނީ

ވިލާ ކޮލެޖުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެތަނުގެ ބައެއް އިސްބޭފުޅުން ވާހަކަ ދައްކަވަނީ
ވިލާ ކޮލެޖުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެތަނުގެ ބައެއް އިސްބޭފުޅުން ވާހަކަ ދައްކަވަނީ

ޔުނިވަސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަ އޮފް އެޑިއުކޭޝަން ޕްރޮގްރާމް ވިލާ ކޮލެޖްގައި ތައާރަފްކޮށްފި އެވެ.

ވިލާ ކޮލެޖްގައި ފަށާ މިކޯހާބެހޭ ގޮތުން މައުލޫމާތުދެއްވަމުން ވިލާ ކޮލެޖްގެ ރެކްޓަރ ޑރ އަހުމަދު އަންވަރު ވިދާޅުވީ މި ކޯހަކީ މިހާރު ތަންފީޒުކުރަމުންދާ ރާއްޖޭގެ ޤައުމީ މަންހަޖަށް ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވެރިން އަހުލުވެރިވެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ފެންވަރު ރަނގަޅު ކޯހެއްކަމަށެވެ.

މިކޯހާ ބެހޭގޮތުން މީޑިޔާއަށް މައުލޫމާތު ދިނުމަށް ވިލާކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ޔުނިވަސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް ޑިޕާޓްމެންޓް އޮފް އެޑިއުކޭޝަންގެ އެސޯސިއޭޓް ހެޑް އޮފް ޑިޕާޓްމެންޓް ޑރ ކަރެން ލޫއިސް ވިދާޅުވީ އިނގިރޭސި ވިލާތުގެ މި ޑިގްރީ ޕްރޮގްރާމަކީ ތައުލީމީ ދާއިރާގެ ފަރާތްތައް އެކާވީސްވަނަ ޤަރުނުގެ ގޮންޖެހުންތަކަށް ތައްޔާރުކޮށްދޭނެ މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މިކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަސްކަމަށާ މިކޯހަށް ވަނުމަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުޞަތު އަންނަ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވިފައި އޮންނާނެކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

މިކޯސް މާލޭގައި ހުންނަ ވިލާ ކޮލެޖްގެ މައި ކެންޕަހުގެ އިތުރުން ފުވައްމުލަކާއި އައްޑު އަތޮޅުގައި ހުންނަ އެ ކޮލެޖްގެ ކެސްޕަސްތަކުގައިވެސް ކުރިޔަށްގެންދެވޭނެކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުން ބުނީ ތައުލީމީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވާ ކޮންމެ ފަރާތަކަށް ކޯހަށް ވަނުމަށް ހުށައެޅޭނެކަމަށާ، ކޯހަށް ހޮވޭ ހުރިހާ ދަރިވަރުންނަށްވެސް ޖާގަދިނުމަށް ވިލާކޮލެޖުން މަސައްކަތް ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.