ރެޑްބުލް އޭދަފުށި ކޮލިފައިންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ރެޑް ބުލް މުބާރާތެއްގައި ކުޅެނީ-- ފޮޓޯ ރެޑްބްލް
ރެޑް ބުލް މުބާރާތެއްގައި ކުޅެނީ– ފޮޓޯ ރެޑްބްލް

 

ރެޑްބުލް އިން އިންތިޒާމްކޮށްގެން ނޮވެމްބަރު 13-14 އަށް އޭދަފުށިން ބޭއްވުމަށް ހަމަޖެހިފައިވާ ރެޑްބުލް ވިނިން ފައިވް ކޮލިފައިންގައި ބައިވެރިވުމުގެ މުއްދަތު ނޮވެމްބަރު 3 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އޭދަފުށި ކޮލިފައިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރެޑްބުލްގެ އޭދަފުށި ޕާޓްނާ ޝޮޕް “ބައްޕި ކިޑްސް” ފިހާރައިން ލިބެން ހުންނާނެ އެވެ. މި ފޯމް އޮންލައިންކޮށްވެސް ލިބެން ހުންނާނެ އެވެ.

އޭދަފުށީ ކޮލިފައިން ގައި މިއަތޮޅުގެ އެހެން ރަށްރަށުގެ ޓީމުތަކަށްވެސް ބައިވެރިވެވޭނެ އެވެ.

ފުޓްސަލް ސްޓައިލަށް އެކަމަކު މުޅިން ތަފާތު ގަވާއިދަށް ކުޅޭ މި މުބާރާތުގެ ކޮލިފައިން އޭދަފުށީގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ބޭއްވުމަށް ފަހު ފައިނަލް މުބާރާތް އޮންނާނީ މާލޭގައި ޑިސެމްބަރު 11-12 އަށެވެ. މި މުބާރާތުގެ ކޮލިފައިން އައްޑޫ އާއި ފުވައްމުލަކުގައި މިހާރުވަނީ ފަށައިފަ އެވެ.

އޭދަފުށިން ކޮލިފައިވާ 2 ޓީމަކަށް މާލޭގައި އޮންނަ ބޮޑު މުބާރާތަށް ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ. ކޮލިފައިން މުބާރާތުގައި މާލެގައި ގިނަވެގެން 128 ޓީމު ހޮވޭނެ އެވެ. އަދި މާލެ ފިޔަވައި އެހެން ކޮންމެ ސަރަހައްދަކުން ހޮވާލެވޭނީ ގިނަވެގެން 32 ޓީމެކެވެ.

ރެޑްބުލްއިން މި މުބާރާތް އަންނަނީ 2013 އަހަރުން ފެށިގެން ބާއްވަމުންނެވެ. އަދި އަހަރަކަށް ފަހު އަހަރެއްގައި މި މުބާރާތަށް ލިބޭ ތަރުހީބުވެސް އަންނަނީ ބޮޑުވަމުންނެވެ.

އެގޮތުން 2013 ވަނަ އަހަރުގައި 64 ޓީމަކު ބައިވެރިވެފައި ވާ އިރު 2014 ވަނަ އަހަރު 256 ޓީމުން ވަނީ ބައިވެރި ވިއެވެ. އަދި ލަފާކުރެވޭގޮތުގައި މި އަހަރު 500އެއް ހާ ޓީމުން ބައިވެރިވާނެ ކަމަށް ރެޑްބުލްއިން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައި ވާ މި މުބާރާތުގެ މޮޅުވާ ޓީމުގެ 5 ކުޅުންތެރިންނަށް އިނާމެއްގެ ގޮތުގައި ބްރެޒިލްއަށް ދިޔުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ރެޑްބުލް ވިނިންގް 5 ގެ ޗެމްޕިޔަންކަން މިދިޔަ އަހަރު ހޯދާފައި ވަނީ އެލްޕީ އަންޑަ ޑޯގްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.