ސޮނެވާއިން ޖާނީގެ ނަމުގައި ފަސް ތަރީގެ ރިސޯޓެއް ހުޅުވަނީ

3-Maldives-s4

ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ލަގްޒަރީ ފަތުރުވެރިކަން އޮޕަރޭޓް ކުރާ ސޮނެވާ ރިސޯޓްސް އެންޑް ރެސިޑެންސަސްއިން ނ. އަތޮޅުގައި ސޮނެވާ ޖާނީ ރިސޯޓް 2016 ގައި ހުުޅުވާ ގޮތަށް ހަމަޖައްސައިފިއެވެ.

ދެ މޭލުގެ ދިގު ފަޅެއް އޮންނަ، ތިމާވެށީގެ ގޮތުން މުއްސަނދި މެދުފަރަކީ، ބ. އަތޮޅު ކުންފުނަދޫގައި ސޮނެވާއިން ހިންގާ ސޮނެވާފުށިން އެއް ގަޑިއިރުގެ ސްޕީޑް ލޯންޗް ދަތުރެއްގައި ދެވޭ ހިސާބުގައި އޮންނަ ރަށެކެވެ. އަދި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން 30 މިނެޓުން ސީޕްލޭންގައި ދެވެއެވެ.

ސޮނެވާ ޖާނީގައި ހުންނާނީ އެންމެ 57 ވިލާ ކަމަށް، މޯލްޑިވްސް ޑޮޓް ނެޓް ވެބްސައިޓުން މިދިޔަ ހަފުތާގައި ރިޕޯޓް ކޮށްފައިވެއެވެ. އެއީ، އިރުއަރާ އިރުއޮއްސޭ މަންޒަރު ފެންނަ ގޮތަށް، ހަމައެކަނި އުޅަނދުފަހަރުގައި ގާތް ކުރެވޭ އެއް އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފެންމަތީ 24 ވިލާ އާއީ، ރަށު ތެރޭގައި އެއް ކޮޓަރީގެ 20 ވިލާ އާއި، ބީޗްގައި ތިން ކޮޓަރީގެ 14 ވިލާ އެވެ.

4-Maldives-w1

ރިސޯޓުގެ ކޮޓަރިތަކުގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ދިގުމުއްދަތަށް ވިއްކާލާ ވިލާތަކެވެ. އަމިއްލަ ފަރާތްތަކަށް ވިއްކާ މި ވިލާތަކުގެ ބޮޑު މިނުގައި 308 އަކަ މީޓަރުން ފެށިގެން 1424 އަކަ މީޓަރު ހުރެއެވެ.

އަދި މި ޕްރައިވެޓް ރެސިޑެންސްތަކުގައި، އެ ފަރުދަކަށް ބޭނުންވާނޭ އަމިއްލަ ވަސީލަތްތައް ވެސް، ސޮނެވާފުށީގެ “ބުއްދިވެރި މުއްސަނދިކަން” ނުވަތަ “އިންޓެލިޖެންޓް ލަގްޒަރީ” މިންގަނޑާ އެއްގޮތްވާގޮތުގެ މަތިން ހިމަނާނެ ކަމަށް ވެއެވެ. އޭގެ ތެރޭގައި، މިސާލަކަށް، އޯޕަން އެއާ ފެންވަރާ ތަނުގައި ދޮންވެއްޔާއި ރީތި ކުދި ހިލަ ލުން ހިމެނެއެވެ.

އެއް ކޮޓަރި އާއި ދެ ކޮޓަރި ހިފާ މީހުންނަށް ސޮނެވާގެ ވިލާ ކުއްޔަށް ދިނުމާ ބެހޭ ޕްރޮގްރާމްގައި ބައިވެރިވެއެވެ. އެ ގޮތުން އަމިއްލަ ބޭނުމަށް، ނުވަތަ ފުރިހަމަ އިންވެސްޓްމެންޓެއް ކުރުމުގެ ގޮތުން ވިލާއެއް ގަންނަ ނަމަ، ފަސް ޕަސެންޓް ފައިދާ އެ ފަރަތާކަށް ލިބެއެވެ.

ފަސް ތަރީގެ ސޮނެވާ ޖާނީގައި ބީޗްގައި ރެސްޓޯރަންޓަކާއި، ކްބަލް އިމާރާތަކާއި، ސްޕާއަކާއި، ސިނަމާއަކާއި، މޫދު ކުޅިވަރާއި އަދި ޑައިވް ސްކޫލެއް ހުރެއެވެ. ކޮންމެ ވިލާއެއްގައި ވެސް “ބަޓްލަރ”އެއް ނުވަތަ ހިދުމަތްތެރިއެއް ހުންނާނެއެވެ. އަދި މުޅި ރިސޯޓުގެ ހުރިހާ ހިދުމަތްތައް ލިބިގަތުމަށް ފުރުސަތު ހުޅުވާލެވިފައިވެއެވެ.

ތައިލެންޑްގައި ސޮނެވާ ކިރި ވެސް ހިންގަމުން އަންނަ ސޮނެވާގެ “އެކުއާ” ޔޮޓް މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހުޅުވުމަށް ހަމަޖެހިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.