މޯލްޑިވްސް ޝޫޓިންގ އެސޯސިއޭޝަން އާއި އެކު ދިރާގުން އެއްބަސްވުމެއްގައި ސޮއިކޮށްފި

dhiraagu1-1024x628

 

ދިރާގުން މޯލްޑިވްސް ޝޫޓިންގ އެސޯސިއޭޝަން އާއި އެކު ސްޕޮންސަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިރާގުން ޝޫޓިން އެސޯސިއޭޝަނާއިއެކު ސޮއިކޮށްފައި މިވަނީ އަންނަ ނޮވެމްބަރު މަހުގެ އެކަކުން 10 ށް ކުވެއިތުގައި އޮންނަ 13 ވަނަ އޭޝިއަން ޝޫޓިންގް ޗެމްޕިއަންޗިޕްގައި ބައިވެރިވާ ދިވެހި ޓީމާއެކުގައެވެ.

މި އެެއްބަސްވުމަށްފަހު ރާއްޖޭގެ ޝޫޓިން އެސޯސިއޭޝަނުންވަނީ ކުޅިވަރުތައް ކުރިއެރުވުމަށް ދިރާގުން ކުރާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ޝޫޓިންގ އެސޯސިއޭޝަނުން ބުނީ ގައުމަށް ރީތި ނަން ހޯދައިދީގެން އެނބުރި ގައުމަށް އައުމަކީ އެ އެސޯސިއޭޝަންގެ މަގްސަދު ކަމަށާއި އަދި ދުވަހެއް ދުވަހަކަށް ރާއްޖޭގައި މިކުޅިވަރުތައް ކުރިއަރުވައި ކުޅިވަރުތަކުން ގައުމަށް ރީތިނަން ހޯދައި ދިނުމަކީވެސް މަގްސަދެއް ކަމަށެވެ.

މި ފުރުސަތު ފަހިކޮށްދިނީތީ ދިރާގުން ވަނީ މޯލްޑިވްސް ޝޫޓިން އެސޯސިއޭޝަނަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގައި ޝޫޓިން އެސޯސިއޭޝަން 1993 ވަނަ އަހަރު އުފެދުމަށްފަހު އެ އެސޯސިއޭޝަނުން އިސްނަގައިގެން ރާއްޖެއިން ބައިވެރިވި ބައެއް މުބާރާތްތަކުން ރާއްޖެއަށް ރީތި ވަނަތަކެއް ހޯދައިދީ ތަފާތު އެތައް މުބާރާތެއްގައި ރާއްޖެ ތަމްސީލު ކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.