ދިރާގަށް ފައިދާގެ ގޮތުގައި 194 މިލިއަން ރުފިޔާ

ދިރާގު ހެޑް އޮފީސް: މިދިޔަ ކުއާޓަރުގައި ވެސް އެންމެ ބޮޑު ފައިދާއެއް ލިބިފައި ވަނީ ދިރާގަށް. -- ހަވީރު ފައިލް ފޮޓޯ
ދިރާގު ހެޑް އޮފީސް: މިދިޔަ ކުއާޓަރުގައި ވެސް އެންމެ ބޮޑު ފައިދާއެއް ލިބިފައި ވަނީ ދިރާގަށް. — ހަވީރު ފައިލް ފޮޓޯ

ދިރާގަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 194 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން އާއްމުކޮށްފައިވާ ތިންވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 181 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ނަމަވެސް، ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ ވަނީ 194 މިލިއަން ރުފިޔާއަށް އުފުލިފަ އެވެ. އަދި ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 549 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 228 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުންފުންޏަށް ޓެކްސްގެ ގޮތުގައި މި ކުއާޓަރުގައި 34.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދިރާގުގެ މިދިޔަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ހިއްސާއަކަށް ފައިދާގެ ގޮތުގައި 2.55ރ. ޖެހިފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް 10.20ރ. ހިއްސާއަަކަށް ޖެހިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.