ހުރިހާވެސް މައްސަލައަކީ ކައުންސިލް ރައްޔިތުންނާ ދުރުވުން

އޭދަފުށީ ކައުންސިލަރުން-- ފައިލް ފޮޓޯ
އޭދަފުށީ ކައުންސިލަރުން– ފައިލް ފޮޓޯ

 

“ކައުންސިލަރުން އެއީ އެއްވެސް ބައެއް ނޫން. އެމީހުންނަށް ކުރެވުނީ ކޮންކަމެއް؟” ހޮޓާތަކާ އަށިތަކުގައި ރައްޔިތުންގެ ތެރެއިން ގިނަމީހުން މިހާރު ދައްކާ ވާހަކައަކީ މިއީއެވެ. މީ އަޅެފަހެ އަޖައިބުވާވަރު ކަމެއް ނޫންހެއްޔެވެ. އެންމެންގެވެސް ވާހަކައައަކީ “ތިޔަކައުންސިލަކަށް ދުވަހަކުވެސް މަށެށް ނުދާނަމެވެ”. އެކަން އެހެންވާންޖެހޭތޯއެވެ؟

ކޮންމެ ދުވަހަކު އިތުރު ސުވާލުތަކެކެވެ. “ބޯޅަގެއެއް ހަދަނީ ކޮންގޮތަކަށްހޭ؟ ފެރީޓާމިނަލް އަޅާ ސަރަހައްދު ކަމަކުނުދޭ، މިނިވަން (ވަން ލައިޓް ނޭޝަން) ފަންސާހަށް ދިން 50000 ހާސްރުފިޔާއަށްވީ ކިހިނެއްހޭ، ހިލަޖެހުންވެސް އެއޮތީ ހުއްޓިފަނޫންހޭ.” އާފަލުގަސްދޮޑުގައި ކޮންމެދުވަހަކު ރައްޔިތުން މަޝްވަރާ ކުރަންޖެހޭ ސަބަބެއް އޮންނާނެ ނޫންހެއްޔެވެ؟

އޭދަފުށީ ކައުންސިލަކީ ގައިމުވެސް ރައީސް ޔާމީން އައްޔަން ކުރި ކައުންސިލެއް ނޫނެވެ. އަދި އެމީހުންނަކީ އަމިއްލައަށް ކައުންސިލަށް ވަދެގެން ތިބިބައެއްވެސް ނޫނެވެ. އެމީހުން ހޮވީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ވަރަށް ވާދަވެރި އިންތިހާބަކުންނެވެ. ދެން މިމީހުންދެކެ މިހާ ރުޅި ރައްޔިތުން އަންނަންޖެހޭ ސަބަބަކީ ކޮބާހެއްޔެވެ؟ މިވާހަކަ ދައްކަންޖެހެނީ މިހެންވެގެންނެވެ.

ކައިރި މާޒީއަށް ނަޒަރު ހިންގާއިރު އެންމެފަހުން ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވީ މީގެ ދެތިން މަހެއްކުރިންނެވެ. އެއީވެސް ގާނޫނުން ކޮންމެހެން ލާޒިމްވެގެންނެވެ. އެޖަލްސާގައިވެސް ރައްޔިތުން ކައުންސިލާ ކުރިމަތިކުރި ސުވާލުތަކަށް ކައުންސިލުން އެދެވޭ ޖަވާބެއް ނުދެވުނެވެ. ނުދެވުނީ އެއް ނޫނެވެ. ދޭން ނުވެސް އެގުނީއެވެ. އަލީ ވަހީދު ފިޔަވާ އަގައިވެސް ބުނި ކައުންސިލަރަކު ހަގީގަތުގައި ނެތެވެ. އެންމެފަހުން ޖަލްސާ ނިންމާލިއިރުވެސް ރައްޔިތުންގެ ތެރެއިން ކުރަންޖެހޭ ސުވާލުތަކަށް ބޭނުންވާވަރާ ގާތަށްވެސް ފުރުސަތު ނުދެވުނެވެ. މިއީ ދެރަކަމެކެވެ. އަސްލު މައްސަލަފެށެނީ މިހިސާބުންނެވެ.

ރައްޔިތުންގެ ހިތުގައި ވަރަށްގިނަ ސުވާލު އުފެދިފައި އެބަހުއްޓެވެ. އެމީހުންނަށް ސާފުވާންޖެހޭ ގިނަ ކަންކަން އޮޅުން އަރާފައި އެބަހުއްޓެވެ. ރައްޔިތުންނާ ކައުންސިލަރުންނާ ދިމާވާ ދިމާވުން މަދެވެ. މަގުމަތިންނާ، އާންމުން އެއްވާ ހޮޓާތަކާ، ހޮޅުއަށިތަކުންވެސް ކައުންސިލަރުން ރައްޔިތުންނާ ގުޅުން ބަދަހި ކުރަންޖެހެއެވެ. އެމީހުންގެ ސުވާލުތަކަށް އެދެވޭ ޖަވާބު ލިބެންޖެހެއެވެ. ޖަލްސާތައް އަވަސް އަވަހަށް ބާއްވާ މިފިތުނައިން ކައުންސިލަރުން ސަލާމަތްވާންޖެހެ އެވެ.

އަބަދުވެސް އިވެނީ ކައުންސިލަރުން އެވެނިކަމެއް މިވެނިކަމެއް ގަވާއިދާ ހިލާފަށް ކޮށްފިކަމެވެ. އެވެނިކަމަކާ، މިވެނިކަމަކާ ނޫޅޭކަމެވެ. މިސުވާލުތަކަށް އެދެވޭޖަވާބު އޭގެ އެންމެ މުނާސަބު ވަގުތުގައި ރައްޔިތުންނަށް ދޭންޖެހެއެވެ. ގަނޫނުގެ ވެރިކަން ރައްޔިތުންނާ ހަމައިން ފެށޭތީއެވެ. މިކަން ނުކުރާހާ ހިނދަކު ސުވާލުތައް ހުޅުފަޅައި ނުކުންނާނެއެވެ.

ކޮންމެ މީހަކަށް ގާނޫނު އަސާސީ އެއް ނޭނގޭނެއެވެ. ގަވާއިދުތައްވެސް ނޭނގޭނެއެވެ. ބާއިންޖީނުގޭ ދޮށު ކުލަފައިބާ ފާރުގައި ހިއްޕާ އިޢްލާން ރައްޔިތުން ނުކިޔައެވެ. ކައުންސިލަރުންނަށް މިކަން އެނގެންޖެހޭނެއެވެ. ރައްޔިތުންނަށް ކަންކަން އަންގައިދިނުމުގައި ރައްޔިތުންނާ ގާތްވާންޖެހެއެވެ. މަގުމަތިންނާ އަށިތަކުން ރައްޔިތުމީހާއަށް މަރުހަބާ ކިޔަންޖެހެއެވެ. އެމީހުން ބެވިޔަސް ވެހެވެ. ކައުންސިލަރުން ހާދިމުންގެ ގޮތުގައި ހިއްތިރިކަމާއެކު ޖަވާބުދޭންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

10 ކޮމެންޓް

 1. abdul azeez

  ތިހުރިހާ ކައުންސިލަރުން އަވަހަށް އިސްތިއުފާދީބަލަ. މިކައުންސިލަރުނާހެދި އޭދަފުށީގެކުރިއެރުންހުއްޓިއްޖެ. ދެން މިމީހުންނުހޮވާތި.

  ރައްދު
 2. މުޙައްމަދު ރިޟާ

  ކައުންސިލުން ޗޭންޖިންގ ރޫމް އެޅީ އެފް.އޭ.އެމުން ދިން ކުރެހުމާއި އެއްގޮތަށް، އެކަމަކު މިންތަކަށް ބަދަލް ގެނަސްގެން. ދޮރުވެސް ހުންނާނީ އެފް.އޭ.އެމް އިން ދިން ކުރެހުމާއި އެއްގޮތަށް. އެފް.އޭ.އެމް އިން ދިންކުރެހުމުގެ މިންތަކަށް ބަދަލް ގެނައީ މުބާރާތް ނިމުމުން މިތަން ހެދުމަށް ކުރި ޚަރަދު ކަވަރ ކުރުމުގެ ބޭނުމުގައި. އަޅުގަނޑުމެން ޚަަރަދެއް ކުރާއިރު އެޚަރަދު އަނބުރާ ހޯދޭނެ ގޮތްތަކާ މެދު ވަރައް ވިސްނަން. ކައުންސިލްގެ އާމްދަނީ އިތުރު ކުރެވޭނީ، ފައިސާ ޚަރަދުކޮއްގެން ފައިސާ ހޯދޭނެ ވަސީލަތްތަށް އިތުުރު ކޮއްގެން.

  ރައްދު
 3. އޭދަފުށީ މީހާ

  އޭދަފުށީގައި ކުރިން އަޅާފައިވާ އިމާރާތްތަކަކީ ވަރަށް ފުރިހަމައަށް ޕްލޭން ކޮށްގެންނެވެ. ބޯޅަގެ އިމާރާތްކުރަނީ އެއްވެސް ޕްލޭނެއްގެ ދަށަކުން ނޫނެވެ. ރައްޔިތުންނަށް ނިކަން ބޯޅަ ގޭގޭ ކުރެހުމެއް އޮތްނަމަ އެކުރެހުން ހިއްސާ ކޮށްލަބަލާށެވެ.

  ރައްދު
 4. ހެޔޮއެދޭ ފަރާތެއް

  ޗޭންޖިން ރޫމެއް އެޅީ ގަވައިދާ ޚިލާފަށް، އިމާރާޓެއް ކުރާނަމަ އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ އެ ގޯތީގެ ވަށާފާރު ރޭނުމެވެ. ރަށު އޮފީހުން މީހަކަށް ގޯއްޗެއް ދޫކުރާނަމަ އެންމެ ފުރަތަމަ އަންގަނީ އެ ގޯތީގެ ވަށާފާރު ރޭނުމަށެވެ. ގޯތީގެ ރަޖިސްޓްރީވެސް ހަދައިދެނީ ވަށާފާރު ރޭނުމުންނެވެ. ރަށު ކައުންސިލުން އިމާރާތްކުރަންވީމަ އެ ގަވައިދު އަމަލު ނުކުރުމަކީ އެންމެ ފުރަތަމަ ރަސު ކައުންސިލުގެ ފޭލިޔަރެވެ. އިމާރާތް ހުރީ ބޭނުން ކުރެވޭ ގޮތަކަށް ނޫނެވެ. އެންމެ ކުޑަމިނުން އެއޮތް ބޮޑު އިމާރާތުގައި ކުޑަ ދޮރެއްވެސް ނެތެވެ. ހުރީ ބޭރު ފާރުގައި ފެން ލައިޓެކެވެ. ފެން ލައިޓްވެސް ކިބަޅި ފަރާތުގަ އެވެ. ކަންކަން ކުރަންވާނީ ކުރެހުމާއި މީހުންގެ ހިޔާލު ހޯދައިގެންނެވެ. އިމާރާޓް ބައިބައިކޮށްގެން މަސައްކަތް ނުކުރެވޭކަން އެންމެ ރަނގަޅަށް އެނގޭނީ ކައުންސިލަށެވެ. އިމާރާތް މިހާރު ތި އެޅެނީ ކޮރަޕްޝަނަށް މަގު ފަހިވާގޮތަށެވެ. ސަރުކާރުންދެއްވި 75000ރ ވައުޗަރާއި ތަކެތި ގަތުމަށް ރަށު އެކައުންޓުން ޚަރަދު ކުރަން ހުއްދަ ދެއްވި އެއްލައްކަ ރުފިޔާ ޚަރަދުތައް ރައްޔިތުންނަށް ނިކަން ހިއްސާ ކޮށްލަދީބަލާށެވެ. ރައްޔިތުންގެ ފައިސާ ޚަރަދުކުރަންވާނީ ބިޑްކޮށް އެންމެންނަށް އެނގޭ ގޮތަށެވެ. ވަލު ދޮރޯށިން ކުރެވޭ ކަންތައްތައް ދާނީ ގޯހުން ގޯހަށެވެ. ކައުންސިލުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މައްޗަށް ކޮރޮޕްޝަނަށް މަގުފަހި ނުކުރެވޭ ގޮތަށް މިކަން ކުރެއްވިނަމަ ހާދަ ރަނގަޅުވީހެވެ. އެޅި އިމާރާތަކީ ގުދަނެކެވެ. ޗޭންޖިން ރޫމެއްކަމަށް ގަބޫލެއް ނުކުރެވެ އެވެ.

  ރައްދު
 5. ލލ

  އޭދަފުށްޓަށް ތަރައްގީ ނުލިބެނީ އޭދަފުށި ރައްޔިތުންނާ ހެދީ. ކޮންމެހެން ވަކި ބަޔަކު ކައުންސިލަރު ކަމަށް އަރާ ތިބީމަ އެއް ނޫން. ފަރުދީ ޒިންމާ އަދާނުކޮށް ހޮޅު އަށި ތަކުގަޔާ ކޮފީ ބޯން ދާ ތަންތަނުގަ އެހެން މީހުންގެ މަސް ކެޔުން ނޫން ކަމެއް ނޯވެ. ކުރިއަރަމުން އަންނަ ޖީލަށް ނަމޫނާ ދައްކަން ތިބި މީހުންގެ ހާލަކީ މީ. ވަކި ކައުންސިލަރެއް ނޫނީ މޮޅަށް ކިޔަވާފަ ގިނަ ލާރި ލިބޭ މީހެއްގެ ވާހަކައެއް ނޫން މިބުނީކީ. އެންމެންގެ ވެސް ހާލަތު. ހުދު އަޅުގަނޑުގެވެސް.

  ރައްދު
 6. މުޙައްމަދު ރިޟާ

  01 ސެޕްޓެމްބަރ، 02 ސެޕްޓެމްބަރ އަދި 04 ސެޕްޓެމްބަރ 2015 ގައިވެސް ރައްޔިތުންނާއި ބައްދަލުކުރުމަށް ކައުންސިލުން މަސައްކަތް ކުރިން، ފުރަތަމަ ބައްދަލުވުަމަށް ހާޒިރުވީ 4 ބޭފުޅުން، 2 ވަނަ ބައްދަލުވުމަށް ހާޒިރުވީ 4 ބޭފުޅުން އަދި 3 ވަނަ ބައްދަލުވުމަށް ހާޒިރުވީ 12 ބޭފުޅުން، މިބައްްދަލުވުންތައް ބާއްވަން އުޅުނީ ހުކުރުމިސްކިތް ސީލިންގ ކުރާނެ ގޮތަކާ، ފާލަން މަރާމާތު ކުރާނެ ގޮތަކާ، ފެރީޓާރމިނަލް އަޅާނެ ގޮތަކާ، ކުނިއުފުލުމަށް ޕިކަޕެއް ހޯދާނެ ގޮތަކާ އަދި ޗޭންޗިންގ ރޫމް އަޅާނެ ގޮތަކާ ބެހޭގޮތުން މަސްވަރާ ކުރަން. އެކަމަކު ރައްޔިތުން މި 3 ބައްދަލުުވުމަށް ހާޒިރު ނުވީމަ ދެން ކައުންސިލުން ކީއްތޯ ކުރާނީ، މިކައުންސިލުން ރައްޔިތުންނާއި ވަރައްގާތުން މަސައްކަތް ކުރާނީ، ކޮންމެ ރައްޔިތަކަށްވެސް އެބޭފުޅަކު ބޭނުންވާ ސުވާލެއް އަޅުގަނޑާ ކުރެވޭނެ، އަދި ކުރަމުންވެސްދޭ.

  މީގެ ކުރިން ކީއްވެގެންބާ މިކަހަލަ ޚަބަރުތައް ޝާއިރު ނުކުރަނީ، ވަކިމީހަކު ކައުންސިލްގެ ރައީސް ކަމުން އިސްތިއުފާދިނީމަ ތޯ މިކަމެއް ނުވަނީ، މީގެ ކުރިން ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކޮއްފައި ހުއްނާނީ އަހަރަކު 2 ފަހަރު، އެކަމަކު ކުރިއޮތްތަނުގައި އަހަރަކު 4 ފަހަރު ރައްޔިތުންނާއި ކައުންސިލުން ބައްދަލުު ކުރާނެ. ކުރިއައް އޮތްތަނުގައި ރަށުގެ ތަރައްޤީއަށް ކައުންސިލުން ވަރައްގިނަ މަސައްކަތް ކުރާނެ، މީގެ ކުރީގައިވެސް ކައުންސިލުން ހުންނާނެ ވަރައްގިނަ ކަންތައްތައް ކުރުމަށް ނިންމާފަ، އެކަމަކު އެކަންކަން ތަންފީޒު ކުރަންޖެހޭ ފަރާތުން އެކަން ނުކޮއްއޮތީ، = މުޙައްމަދު ރިޟާ =

  ރައްދު
 7. އެޑަމް

  އަސްލު އޮފީހަށް ގޮސް ކުރާނެ ކަމެއްވެސް ނޯވޭ ، ސޮއިކޮށްލާފަ ކޮފީއަށް ދިއުން އޮންނަނީ ، ދެން ސޯސަލް މީޑިއާއިން އަންހެން ކުދިންނަށް ފޮޓޯ ފޮނުވުމާއި ، ޕޭޖްތަކަށް ލައިކު ދިނުމާއި ސިނގިރޭޓް ބުއިމާއި ޖީބަށް ބަރުވާ ގޮތަށް ރުފިޔާ ހޯދުންފަދަ ކަންކަން ކުރެއެވެ. މުސާރާކޮޅު ބޭނުމުގައި އޮފީހަށް ދަނީ ސޮއި ކޮށްލަން އަވަހަށް އިސްތިޢުފާ ދީ .
  ނައުރީފް ، ކުޑޭ

  ރައްދު
 8. Atoll Office Counter

  ތި ކައުންސިލް ކަމަކީ ކުޅިވަރާ މަޖާކުރުން. އެކަހަލަ ކަމެއްކުރާނަމަ ހުރިހާ ކައުންސިލަރުންގެ ވެސް ފުރިހަމަ ބައިވެރިވުން އޮންނަކަން ފާހަނަގަކުރަން. އެކަމަކު އެއީ އެއްނޫން ދޯ ނުކުރެވިގެން މިއުޅޭކަމަކީ. އެމީހުންނަށް މިރަށު މަގުތައްވެސް ނުފެންނަނީ ބާއޭ ހިތައްއަރާ؟؟؟؟ މިހާރު ފައިވިއްދާލަފަ އެތިބީ އަންނަ އަހަރު އީދު ކުޅިވަރު ކުޅެން؟؟؟؟ އަޖައިބު ހީވޭ

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.