މިއަދާ މާދަމާ ބީއެމްއެލްގެ ހިދުމަތް ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާދީއްތަ އަދި ހޯމަ ދުވަހު ހިދުމަތްތައް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލުން މި ދެ ދުވަހު ހިދުމަތް ދޭން ނިންމީ، ކޮރޯނާވައިރަހާ ހެދި މާލެ ލޮކްޑައުންކޮށްފައިވާ ހާލަތުގައި، އަންނަ އާދިއްތަ އާއި ހޯމަ ދުވަހު ބޭންކްގެ ހިދުމަތްތައް ދެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިފެށޭ ހަފްތާގެ ކަނޑައެޅުމުންނެވެ. މި ދެ ދުވަހު ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.

އެގޮތުން އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ގެ ހިދުމަތް އީމެއިމް ކަމުގައިވާ [email protected] އަށް އެޕްލިކޭޝަން ފޯމު ފޮނުވައިގެން ހިދުމަތް ހޯދޭނެ އެވެ.

ބީއެމްއެލުން ބުނީ ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ ނުވަތަ ލެޓާ އޮފް ކްރެޑިޓް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. މީގެ އިތުރުން ޕޭ ރޯލްގެ ހިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ އެވެ. މި ހިދުމަތަށް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. އެގޮތުން www.bankofmaldives.com.mv/payroll-services މެދުވެރިކޮށް މިކަމުގެ ތަފްސީލު ހޯދޭނެ އެވެ. މި ހިދުމަތް ވެސް ހެނދުނު 11:00 ގެ ކުރިން ހުށަހެޅުމުން އެދުވަހު ޕްރޮސެސް ވާނެ އެވެ.

ބީއެމްއެލުން ބުނީ އޭޓީއެމް މެދުރިކޮށް ޖަމާކުރާ ކްލިއަރިން ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަމަށެވެ. މީގެ އިތުރުން ހެނދުނު 11:30 ގެ ކުރިން ޖަމާކުރާ ބީއެމްއެލް ޗެކެއް ނަމަ އެ ދުވަހު ޕްރޮސެސް ކުރެވޭނެ އެވެ.

މީގެ އިތުރުން ހެނދުނު 10.00 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ އެވެ. ބޭންކުން ދޭ ހިދުމަތްތަކުގެ ތެރެއިން 100،000ރ. އަށް ވުރެ މަތީގެ ރިކުއެސްޓް އެ ދުވަހު ޕްރޮސެސް ކުރެވޭނެ އެވެ. އަދި ހެނދުނު 11.30 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ލިބޭ އެމްއާރްޓީޖީއެސް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ އެވެ.

މި ދެ ދުވަހު ދޭ ހިދުމަތްތަކުގެ ތެރެއިން ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ އެވެ. ކަސްޓަމަރުންނަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ އެވެ. މިގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 200،000 ރުފިޔާ ޖަމާކުރެވޭނެ އެވެ. އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 50،000 ރުފިޔާ ޖަމާކުރެވޭނެ އެވެ.

ބީއެމްއެލުން ވަނީހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅުއްވާފައިވާ ފުރަބަންދުގެ މުއްދަތުގައި ގޭގައި ތިބިގެން ބޭންކިންގ ޚިދުމަތް ހޯދުމަށް ބާރުއެޅުމުގެ ގޮތުން ބޭންކުގެ ހުރިހާ ބްރާންޗަކާއި ސަރވިސް ސެންޓަރތައް ބަންދުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.