
ބ. އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއަށާއި ބ. އަތޮޅުކޮމެޓީއަށް ދޫކޮށްފައިވާ ބިން ނެގުމަށް ނިންމާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.
އޭދަފުށީ ކައުންސިލުން ބުނީ މި ބިންތައް ނަގަން ނިންމާފައިވަނީ އެ ކައުންސިލުން މިއަހަރު ބޭއްވި ތިންވަނަ އާއްމު ޖަލްސާއިން ކަމަށެވެ.
އޭދަފުށީ ކައުންސިލް އިދާރާގެ ވެބްސައިޓްގައިވާ ގޮތުގައި ޒުވާނުންގެ ޖަމިއްޔާއަށް މިރަށު ފުޓްބޯޅަ ދަނޑުގެ ހުޅަގުން ދޫކޮށްފައިއޮތް ބިން ވަކިކުރުމަށް ނިންމާފައިވަނީ ދިގު މުއްދަތަކަށް ދޫކޮށްފައިވާ އެ ބިމުގައި މިހާތަނަށް އެއްވެސް ބޭނުމެއް ނުކޮށް ދިގުމުއްދަތެއް ވޭތުވެފައިވާތީ އާއި އަދި އޭދަފުއްތަށް ބިމުގެ ބޭނުންތެރިކަން ނުހަނު ބޮޑުވެފައިވާތީ ކަމަށެވެ. ނަމަވެސް އަތޮޅު ކައުންސިލަށް މިރަށު އުތުރު ފަރާތު ބަނދަރު ސަރައްދުން ދޫކޮށްކޮށްފައިވާ ބިން ނެގުމަށް ނިންމާފައިވަނީ ކީއްވެކަމެއް ހާމަކޮށްފައެއް ނެތެވެ.
ކައުންސިލުން ނިންމާފައިވަނީ މި ދެ ބިން ވަކިކުރުމަށް ކައުންސިލްގެ ގަރާރެއް ފާސްކޮށް ހައުސިން މިނިސްޓްރީއަށް ހުށަހަޅައިގެން ކުރިއަށް ގެންދާ ގޮތަށެވެ.
މީގެ އިތުރުން ކައުންސިލުގެ އެ ޖަލްސާގައި އޭދަފުށީ މީޑިޔާ ސެންޓަރު ކުރިމަތިން އޮތް ހުސްބިން ވިޔަފާރި އުސޫލުން ކުއްޔަށް ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.
ައަހަރުމެންގޭ ކުރިމަތީ އޮތް ހިތްގައިމު ހުސްބިން ބަައިބަލާ ފަސްގަނޑު ބަޔަކަށް އިމާރާތް ކުރަން ނުދިނުމަށް ގޮވާލަން! އެއީ އަހަރުމެންގޭގޭ ހިތްފަސޭހަކަން ގެލްލިގެން ދާނެތީ.. ސައިނޯސާ ރާއި
ތިތަނުގަ ވެސް ފްލެޓް އެއް ވިޔަސް އެލޭތޯ ބަލާބަލަ.!
ތި މީހުން ތި މަސައްކަތްކުރަނީ ރަށަށް ހަމަ ހެޔޮއެދިގެންތަ! ނޫނީ އަމިއްލަ އެދުމެއްއޮވެގެންތަ! އެއްވެސް އިންސާފެއްނެތް! ޤިޔާމަތް ކައިރިވާވަރަކަށް ތިބޭނީ ހުސްމިކަހަލަ ވެރިން. އަޅެ މިމީހުން ބިރެއްވެސް ނުގަނޭތަ!
ބައިބަލާ ފަސްގަނޑު ނަގަނީ ވިލާ ކޮލެޖަށް ދޭންވެގެން. ދަނޑުހަދަންވީމަ ބިންނެތީ. ކޮބާ ފޭލިޖަމިއްޔާއަށް ދީފައޮތް ބިން. އެތާގަވެސް އެއްވެސްކަމެއްނުކުރޭ. ވިނަ ފަޅާފަ އޮތީ. ހާދަ ހެއްވައޭ!