ބ. ކަމަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ “ކައުންސިލް ފުޓްސަލް ޓޯނަމަންޓް 2015” އަންނަ ޑިސެމްބަރު 1 ގައި ބޭއްވުމަށް ނިންމިައިފި އެވެ.
ކަމަދު ކައުންސިލުން ބުނި ގޮތުގައި އެރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލަކޮށް، ކަމަދޫގައި ފުޓްބޯޅަ ކުރިއެރުވުމާއި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މި މުބާރާތުގައި 5 ޓީމު ވާދަ ކުރެއެވެ.
މި މުބާރާތުގެ ޗެމްޕިއަން އަދި ރަނާ-އަޕް ޓީމަށް ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. މިއީ ކަމަދޫ ކައުންސިލުން މި މުބާރާތް ބާއްވާ 3 ވަނަ ފަހަރެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ އެންމެބޮޑު މުވާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގު އެވެ.