ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމު ހިންގުން މަންދު ކޮލެޖަށް

ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމު ހިންގުން މަންދު ކޮލެޖާ ހަވާލުކުރަނީ— ފޮޓޯ މަންދު ކޮލެޖް
ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމު ހިންގުން މަންދު ކޮލެޖާ ހަވާލުކުރަނީ— ފޮޓޯ މަންދު ކޮލެޖް

 

ޓްރާންސް ޕޭރަންސީ މޯލްޑިވްސް އަދި އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް ގުޅިގެން ހިންގާ ސިވިކް ޕާޓިސިޕޭޝަން ޕްރޮޖެކްތަގައި ހިމެނޭ ސިވިކް އެޑިޔުކޭޝަން އަށް ޓީޗަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމު ހިންގުމަށް މަންދު ކޮލެޖާ ހަވާލުކޮށްފި އެވެ.

މަންދު ކޮލެޖުން ބުނ ގޮތުގައި އުނގެނުމާއި އުނގަންނައިދިނުމުގައި ސިވިކްސްގެ ބައިތައް ބޭނުންކުރެވޭނެ ގޮތްތަކަށް ޓީޗަރުން އަހުލުވެރިކުރުމުގެ މަގުސަދުގައި މި ޕްރިގްރާމުރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ހިިންގުމަށްވަނީ ހަމަޖެހިފަ އެވެ.

“މި ޕްރޮގްރާމުގެ ބޭނުމަކީ ސިވިކް އެޑިޔުކޭޝަން އާއި ސިޓިޒަންޝިޕްގެ ބައިތަކަށް ޓީޗަރުން އަހުލުވެރި ކުރުވުމާއި، އާ މުގައްރަރުގެ ތެރެއިން ދަރިވަރުންނަށް ސިވިކްސްގެ ބައިތައް ދަސްކޮށްދިނުމުގެ ހުނަރު ޓީޗަރުންގެ އަށަގެންނެވުމެވެ. ހަމަ މިއާއެކު، އާ މަންހަޖުގެދަށުން ސްކޫލުތަކުގައި ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމުތައް ތައާރަފުކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ލިބޭނެގޮތްތަކާއި ބޭނުންކުރާނެ ގޮތްތައް މި ޕްރޮގްރާމު މެދުވެރިކޮށް ޓީޗަރުންނަށް އުނގަންނައިދެވޭނެ އެވެ،” މަންދު ކޮލެޖުން ބުންޏެވެ.

މަންދު ކޮލެޖުން ބުނީ އެ ކޮލެޖާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން އެކުލަވާލި މި ޕްރޮގްރާމުގައި ސިވިކްސްގެ މައުލޫމާތާއި ހުނަރު ބޭނުންކޮށްގެން ކިޔަވައިދިނުމުގަިއ ޓީޗަރުން ބޭނުންކުރާނެ އުސޫލުތަކާއި މުޖުތަމައުގެ ތަފާތުއެކި ހަރަކާތްތައް ހިންގުމުގައި އަމަލުކުރާނެ ގޮތްތަކަށް ޓީޗަރުން އަހުލުވެރިކޮށްދެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.