ނެޝަނަލް ފުޓްސެލް ޗެލެންޖުގައި ހިތާދޫ ޓީމެއް

އައިޑިއަސް ކަޕް ޗެމްޕިއަން ތަށި ހިތާދުއަށް ގެނެސްފައި ފައިލްފޮޓޯ- ހިތާދޫ އޮންލައިން
އައިޑިއަސް ކަޕް ޗެމްޕިއަން ތަށި ހިތާދުއަށް ގެނެސްފައި ފައިލްފޮޓޯ- ހިތާދޫ އޮންލައިން

 

“ނެޝަނަލް ފުޓުސެލް ޗެލެންޖެ 2015” ނަމުގައި ނެޝަނަލް ހާޑުވެއާ އިން އިންތިޒާމު ކޮށްގެން މުޅި ރައްޖެއަށް ހުޅުވާލައިގެން ބާއްވާ ފުޓުސެލް މުބާރާތުގައި ބ. ހިތާދޫން ބައިވެރިވެއްޖެ އެވެ.

ހިތާދޫ ޒުވާނުން އިސްނައިގައިގެން ހިތާދޫ ތަމްސީލުކުރަން ބައިވެރިވި އެ ޓީމުގައި ހިތާދޫގައި ފުޓުސެލް މުބާރާތްތަށް ކުޅޭ ކުޅުންތެރިން ހިމެނެ އެވެ. ޓީމުގައި އިސްކޮށް ހަރަކާތެރިވާ ހުޝާމު ބުނީ މިއީ ޒުވާނުން އިސްނަގައިގެން ހިތާދޫ ތަމްސީލު ކުރުމަށް ބައިވެރިވި ޓީމެއް ކަމަށާއި ބައިވެރިވުމުގެ ފީ ހިތާދޫ އައިލެންޑު ޑިވެލޮޕްމަންޓު އެސޯސިއޭޝަން (ހިދާ) އިން ސްޕޮންސާ ކޮށްދީފައިވާ ކަމަށެވެ.

ދެ ބުރަކަށް ކުޅޭގޮތަށް ރާވާފައިވާ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކުޅޭނި ބައިވެރިވެފައިވާ އަތޮޅުތަކުގެ ޓީމުތަށް ވާދަކޮށް ޗެމްޕިއަން ޓީމު ދެވަނަ ބުރަށް ކޮލިފައިވާ ގޮތަށެވެ. އަދި ދެވަނަ ބުރުގައި ކުޅޭނީ އަތޮޅުތަކުން ކޮލިފައިވާ ޓީމު ތަކެވެ.

ނެޝަނަލް ހާޑުވެއަރ އިން ބުނީ ވ. އަތޮޅުންނާއި ޅ އަތޮޅުން ފިޔަވާ ހުރިހާ އަތޮޅަކުން މުބާރާތުގައި ބައިވެރި ވެފައިވާ ކަމަށެވެ. މުބާރާތުގައި މާލެ އިން ބައިވެރިވަނީ މާފަންނުން އެކަންޏެވެ.

މި މުބާރާތުގައި ބައިވެރިނުވާ އަތޮޅުތަކާއި މާލޭގެ އަވަށްތަކަށް މިމަހުގެ 20ގެ ނިޔަލަށް ބައިވެރި ވުމުގެ ފުރުޞަތު ވަނީ ހުޅުލާފައިފަ އެވެ.

ބ. އަތޮޅުން ހަމައަކަނި ހިތާދޫން ބައިވެރި ވެފައިވާތީ އެ ޓީމު ވަނީ ދެވަނަ ބުރަށް ކޮލިފައި ވެފައެވެ.
ހިތާދޫ ގެ ޓީމު ކުޅުމަށް ހަމަޖެހިފައިވަނީ 01 ޑިސެންބަރ 2015 ދަވަހުގެ ރޭ 09:00 ގައެވެ. މި މެޗުގައި ބައްދަލު ކުރާނީ ގދ. ތިނަދޫއާއެވެ. ބ. ހިތާދޫ ޓީމު ހިމެނޭ ގްރޫޕުގައި ހިމެނެނީ ހިތާދޫގެ އިތުރުން ހެންވޭރާއި ގދ. ތިނަދޫއެވެ.

ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ހުށައަޅާފައިވާ މި މުބާރަތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ގިނަބަޔަކު ބައިވެރިވުމަށް ބޭނުންވިޔަސް ޑިސެންބަރު މަހު ގިނަ ރަށްރަށުގައި މުބާރާތްތައް އޮންނާތީ ފަހުވަގުތު ބައިވެރިނުވާން ނިންމީކަމަށް ނެޝަނަލް ހާޑުވެއަރ އިންބުނެއެވެ. އަންނަ އަހަރުގެ މުބާރަތް އަހަރުގެ މެދުތެރޭގައި ބޭއްވަމަށް ނިންމާފައިވާ ކަމަށްވެސް ނެޝަނަލް ހާޑުވެއާ އިން ބުނެ އެވެ.

މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ބަރާވިއާ އައިޑިއާސް ކަޕް ގެ ޗެމްޕިއަން ކަން ހިތާދޫ ޓީމެއް ވަނީ ހޯދާފައެވެ. އަދި މިދިޔަ އަހަރު ބޭއްވި އައިލެންޑްސް ކަޕް ގެ ސެމީ ފައިނަލުގައިވެސް ހިތާދޫ ޓީމެއްވަނީ ކުޅެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.