ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސްޕޯޓްސް ފެސްޓިވަލް މިއަދު ހަވީރު

ދިރާގުން އިންތިޒާމް ކޮށްގެން މިއަދު ބާއްވާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސްޕޯޓްސް ފެސްޓިވަލްއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސް-- ހަވީރު ފޮޓޯ
ދިރާގުން އިންތިޒާމް ކޮށްގެން މިއަދު ބާއްވާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސްޕޯޓްސް ފެސްޓިވަލްއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސް– ހަވީރު ފޮޓޯ

ވާދަވެރި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިނުމުގެ ގޮތުން ދިރާގުން ބާއްވާ ސްޕޯޓްސް ފެސްޓިވަލް މިއަދު ހަވީރު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ރާވާފައިވާ މި ހަރަކާތް މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުރިއަށްދާނީ ހަވީރު 3:45 އިން 5:45 އަށެވެ.

މި އިވެންޓް ޕީއެސްއެމް އިން ލައިވް ކުރާނެ އެވެ.

ދިރާގުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ ވެސް ވާދަވެރި މާހައުލެއްގައި ވާދަވެރި ކުޅިވަރުތަކުގައި ބައިވެރިވެވޭނެ ގާބިލްކަން ލިބިގެންވާ ކުދިން ކަމަށެވެ. މި ފެސްޓިވަލްގައި އެ ކުދިންގެ ގާބިލިއްޔަތުކަން މުޖުތަމައުއަށް ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން އިސްނަގައިގެން މިދިޔަ އަހަރު ބޭއްވި ސްޕޯޓްސް މީޓް ތެރެއިން
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން އިސްނަގައިގެން މިދިޔަ އަހަރު ބޭއްވި ސްޕޯޓްސް މީޓް ތެރެއިން

އޭނާ ވިދާޅުވި ގޮތުގައި މި ފެސްޓިވަލަކީ ހާއްސަ އެހީއަށް ބޭނުންވެފައިވާ ކުދިންނަށް ކިޔަވައިދޭ ސްކޫލްތަކާއި އެ ކުދިންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ޖަމިއްޔާތަކާ ގުޅިގެން ބާއްވާ ފެސްޓިވަލެކެވެ.

މިދިޔަ ތިން އަހަރު ވެސް ބާއްވާފައިވާ މި ފެސްޓިވަލްގައި މިއަހަރު ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ ޖަމާލުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، އަމީނިއްޔާ ސްކޫލް، އަމީރް އަހުމަދު އަދި މުހިއްޔުއްދީން ސްކޫލެވެ.

ފެސްޓިވަލްގައި ބައިވެރިވި ޖަމިއްޔާތަކުގެ ތެރޭގައި ކެއާ ސޮސައިޓީ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، ބިއުޓިފުލް އައިސް، ޑައުން ސިންޑްރޯމް އެސޯސިއޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕީޕަލް ވިތު ފިޒިކަލް ޑިސްއެބިލިޓީސް ހިމެނެ އެވެ.

މި ސްކޫލްތަކާއި ޖަމިއްޔާތަކުގެ 200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާ މި ފެސްޓިވަލްގައި ތަފާތު ގޭމްތައް ހިމަނާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.