ސޮނެވާފުށި ރިޒޯޓުގެ އެހީގައި ހިތާދޫގައި ހުވަނި ބޭސް ޖަހައިފި

 45

ޚަބަރު: ޢާމިރު ޢަބްދުއްލަތީފު

ހިތާދުއަށް ދިމާވެފައިވާ ހުވަނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިއްޔެ ރަށަށް ހުވަނި ބޭސް ޖަހިފިއެވެ.

ހިތާދޫ ކައުންސިލުން ބުނީ ބަޖެޓުގައި ފައިސާ ނެތުމުން ހުވަނި ބޭސް ޖެހުމުގައި ލަސްވި ނަމަވެސް ހުއްޓުމެއް ނެތި ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން ސޮނެވާ ފުށި ރިސޯޓުގެ ދީލަތި އެހީއާޢި އެކު އިއްޔެ މުޅިރަށް ހުވަނި ބޭސް ޖަހައިފައިވާ ކަމަށެވެ. ” އިއްޔެ ސޮނެވާފުށީގެ މީހުން އައިސް ބޭސް ޖެހީ އިރުއޮއްސެންވާއިރަށް ކިޔާ ނިންމަލެވުނީ ހުރިހާ ތަނަކަށްހެން ވާނީ ބޭސް ޖެހިފައި .. ” ރައީސް ޔޫސުފު ޤާސިމް ވިދާޅުވިއެވެ. އަދި ބޭސް ޖަހަނިކޮށް ބޭސް ހުސްވުމުން ކޮކޯޕާމް އެހީތެރިކަން ލިބުނުކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ހުވަނީގެ ސަބަބުން މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހިތާދޫ ޕްރީސްކޫލު ބަންދު ކުރުމަށްފަހު މިއަދު ވަނީ އަލުން ކިޔަވައިދޭން ފައްޓާފައެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ބަތްޕެން

    ސޮނެވާފުއްޓަކީ މީހުުންނާ އަޅާލާ މުވައްޒަފުންތިބި ރިސޯޓެއްކަން ޚަބަރުން އެގިއްޖެދޯ؟ އޭގެ ބަދަލުގަ އެހެން ރިސޯޓަކުންވެސް އެފަދަ އަތެއް އެހެން ރަށަކަށް ދިއްކޮށްލުމަކީ އަތޮޅަށްލިބޭނެ ރަގަޅު ފިލާވަޅަކަށްވެގެންދާނެ. އޭރުން ހުރިހާ ރިސޯޓްތަކަކުންވެސް އެހީގެ އަތް ދިގުކުރަންފަށާނެދޯ ބާރީ؟؟؟؟؟

    ރައްދު
  2. ނަސްރު

    ހާދައުފާވެއްޖެއެވެ. ސޮނެވާފުށިން އެފަދަކަމެއްކޮށްދިނީތީ. ކުރިއަށް އޮތްތަނުގަވެސް އެފަދަ އެހީތައް އަތޮޅުގެ އެހެން ރަށްރަށަށްވެސް ލިބޭކަމަށް އުއްމީދުކުރަން. ސޮނެވާފުއްޓަށް ގިނައިން ފައިސާ ވަންނާނެ މަގު ތަނަވަސްކޮށްދެއްވާންދޭ!!!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.