ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސްޕޯޓްސް ފެސްޓިވަލު ބާއްވައިފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން އިސްނަގައިގެން ހެންވޭރު ދަނޑުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން: މި ހަރަކާތުގައި މާލޭގެ ބައެއް ސްކޫލުތަކާއި ޖަމިއްޔާތަކުން ބައިވެރިވި.---ފޮޓޯ / ދިރާގު
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން އިސްނަގައިގެން ހެންވޭރު ދަނޑުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން: މި ހަރަކާތުގައި މާލޭގެ ބައެއް ސްކޫލުތަކާއި ޖަމިއްޔާތަކުން ބައިވެރިވި.—ފޮޓޯ / ދިރާގު

ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ދިރާގުން އިއްޔެ ސްޕޯޓްސް ފެސްޓިވަލެއް ބާއްވައިފި އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ސްޕޯޓްސް ފެސްޓިވަލުގައި ސްކޫލްތަކުންނާއި އަމިއްލަ ޖަމިއްޔާތަކުން 200 އަށް ވުރެ ގިނަ ކުދިން ބައިވެރިވި އެވެ.

މި ސްޕޯޓްސް ފެސްޓިވަލުގައި ބައިވެރިވީ އިމާދުއްދީން ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، އަމީރު އަހުމަދު ސްކޫލާއި، މުހިޔުއްދީން ސްކޫލުންނެވެ. މީގެ އިތުރުން ކެއާ ސޮސައިޓީއާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ އިތުރުން ބިއުޓިފުލް އައިސް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕީޕަލް ވިތް ފިޒިކަލް ޑިސްއެބިލިޓީސް އިން ބައިވެރިވި އެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން އިސްނަގައިގެން ހެންވޭރު ދަނޑުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން: މި ހަރަކާތުގައި މާލޭގެ ބައެއް ސްކޫލުތަކާއި ޖަމިއްޔާތަކުން ބައިވެރިވި.---ފޮޓޯ / ދިރާގު
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން އިސްނަގައިގެން ހެންވޭރު ދަނޑުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން: މި ހަރަކާތުގައި މާލޭގެ ބައެއް ސްކޫލުތަކާއި ޖަމިއްޔާތަކުން ބައިވެރިވި.—ފޮޓޯ / ދިރާގު

މިއަދުގެ ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވެފައިވަނީ އިމާދުއްދީން ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، އަމީރު އަހުމަދު ސްކޫލާއި، މުހިޔުއްދީން ސްކޫލާއި، ކެއާ ސޮސައިޓީއާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ އިތުރުން ބިއުޓިފުލް އައިސް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕީޕަލް ވިތް ފިޒިކަލް ޑިސްއެބިލިޓީސް އިންނެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ހަރަކާތެއްގެ ގޮތުގައި، މިކަން ކުރިއަށް ގެންދިޔައީ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ވެސް ކުޅިވަރުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ދިރާގުން ބުނެ އެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން އިސްނަގައިގެން ހެންވޭރު ދަނޑުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން: މި ހަރަކާތުގައި މާލޭގެ ބައެއް ސްކޫލުތަކާއި ޖަމިއްޔާތަކުން ބައިވެރިވި.---ފޮޓޯ / ދިރާގު
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން އިސްނަގައިގެން ހެންވޭރު ދަނޑުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން: މި ހަރަކާތުގައި މާލޭގެ ބައެއް ސްކޫލުތަކާއި ޖަމިއްޔާތަކުން ބައިވެރިވި.—ފޮޓޯ / ދިރާގު

ދިރާގުގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ ކެއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ އެދުމުގެ މަތިން 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ސްޕޯޓްސް މީޓެއްކަމަށާއި، މި ހަރަކާތުގެ ބޭނުމަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ހުރިހާކުދިންވެސް ހަރަކާތްތަކުގައި ބައިވެރިކުރުން ކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން އިސްނަގައިގެން ހެންވޭރު ދަނޑުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން: މި ހަރަކާތުގައި މާލޭގެ ބައެއް ސްކޫލުތަކާއި ޖަމިއްޔާތަކުން ބައިވެރިވި.---ފޮޓޯ / ދިރާގު
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން އިސްނަގައިގެން ހެންވޭރު ދަނޑުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން: މި ހަރަކާތުގައި މާލޭގެ ބައެއް ސްކޫލުތަކާއި ޖަމިއްޔާތަކުން ބައިވެރިވި.—ފޮޓޯ / ދިރާގު

ސްޕޯޓްސް ފެސްޓިވަލުގެ ކުޅިވަރުތައް ބައްލަވާލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޝިހާމާއި، ބަންޑާރަ ނައިބް އަލްއުސްތާޒު މުހައްމަދު އަނިލް ވެސް ހެންވޭރު ދަނޑަށް ވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.