ދިރާގުން ގައުމީ ޔުނިވާސިޓީގައި ސްމާޓް ޓީޗިން ސޮލިއުޝަން ގާއިމްކޮށްފި

ގައުމީ ޔުނިވާރސިޓީގައި ގާއިމުކޮށްފައިވާ ހަތަރު ކެމްޕަހެއްގައި ސްމާޓް ޓީޗިންގް ސޮލިއުޝަން އެހީގައި ލެކްޗާ ނަގައި ދެނީ--- ސަން ފޮޓޯ
ގައުމީ ޔުނިވާރސިޓީގައި ގާއިމުކޮށްފައިވާ ހަތަރު ކެމްޕަހެއްގައި ސްމާޓް ޓީޗިންގް ސޮލިއުޝަން އެހީގައި ލެކްޗާ ނަގައި ދެނީ— ސަން ފޮޓޯ

 

“ދިރާގު ސްމާޓް ޓީޗީންގް ސޮލިއުޝަން” ރަސްމީކޮށް ރާއްޖޭގައި ލޯންޗްކޮށް، ގައުމީ ޔުނިވާސިޓީގައި އެ ޚިދުމަތް ދިރާގުން ގާއިމުކޮށްފި އެވެ.

“ދިރާގު ސްމާޓް ޓީޗީންގް ސޮލިއުޝަން” ތައާރަފުކޮށްފައިވަނީ، ރޭ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

މި ހަފްލާގައި ވާހަކަދައްކަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުން ޔުނިވާސިޓީއަށް މި ހިދުމަތް ފޯރުކޮށްދެވުމަކީ އުފާކުރާކަމެއް ކަމަށާއި، ކަސްޓަމަރުންގެ ދިރިއުޅުން ތަރައްގީ ކުރުމަކީ ދިރާގުގެ އަމާޒެއް ކަމަށެވެ. އަދި މިކަމަކީ އެގޮތުން ކުރެވުނު ކަމެއް ކަމަށް، އިސްމާއިލް ވިދާޅުވިއެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް އިބްރާހީމް އިމްޖާދު ޖަލީލް ސްމާޓް ޓީޗިން ސޮލިއުޝަނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް އިބްރާހީމް އިމްޖާދު ޖަލީލް ސްމާޓް ޓީޗިން ސޮލިއުޝަނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަނީ — ސަން ފޮޓޯ

 

ދިރާގު ސްމާޓް ޓީޗީންގް މެދުވެރިކޮށް، ރާއްޖޭގެ ޔުނިވާސިޓީގެ ކޮންމެ ކެމްޕަސްއެއް ހިންގާ ކްލާހެއްގައި ވެސް ދަރިވަރުންނަށް ފުރިހަމައަށް ބައިވެރިވެ، ބޭނުންވާ ކޯހެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ އިން މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް އިމްޖާދް ޖަލީލް ވިދާޅުވި ގޮތުގައި ގައުމީ ޔުނިވާސިޓީގެ މާލޭ ކެމްޕަސްގައި ކުރިއަށްދާ ލެކްޗާތަކުގައި ހަމަ އެއް ވަގުތެއްގައި ހދ.ކުޅުދުއްފުށި، ލ.ގަން، ގދ.ތިނަދޫ އަދި ސ.ގަމުގައި ގާއިމުކޮށްފައިވާ ގައުމީ ޔުނިވާސިޓީގެ ކެމްޕަސްތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ.

އިމްޖާދް ވިދާޅުވީ، ސިސްޓަމް މެދުވެރިކޮށް ލެކްޗާ އަޑުއަހަމުން ގެންދާ ދަރިވަރުންނަށް ވެސް އެ ކުދިންގެ ސުވާލުތަކަށް ވަގުތުން އަހާ އޮޅުން ފިލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އިމްޖާދު ވިދާޅުވީ މި ސިސްޓަމް ބޭނުންކުރެވޭނީ ހަމައެކަނި މާލޭ ކެމްޕަސްގައި ކުލާސްތަކުގައި އެކަނި ނޫން ކަމަށާއި އެހެން ރަށެއްގައި ނަގައިދޭ ކުލާހެއް ވެސް މި ސިސްޓަމް މެދުވެރިކޮށް ދެންހުރި ކެމްޕަސްތަކުގައި ނަގައިދެވޭނެ ކަމަށެވެ.

“މީގެއިތުރުން ލެކްޗަރާތައް ސިސްޓަމްގައި ވަގުތުން ރެކޯޑްކޮށް އާކައިވް ކުރެވި، ފަހުންވެސް އެ ލެކްޗާތައް އަޑުއަހާލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ. މި ސިސްޓަމްގެ ވީޑިއޯ އެސްޑީ އަދި އެޗްޑީ ފެންވަރުގައި ކުދިންނަށް ބަލައިލެވި، ދުރުގައި ތިބެގެން ލެކްޗާތައް އަޑުއަހަމުންދާ ކުދިންގެ މަންޒަރު ވެސް ފެންނަމުންދާނެ.” އިމްޖާދު ވިދާޅުވި އެވެ.

އިމްޖާދު ވިދާޅުވީ މި ސިސްޓަމްގެ ސަބަބުން މުޅިން އާ ކޯސްތައް ތައާރަފްކުރެވި ގައުމީ ޔުނިވާސިޓީގެ ހުރިހާ ކެމްޕަހެއްގައި ވެސް އެކޯސްތަކަށް ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށާއި ލެކްޗާތަކުގެ އިތުރުން ކިޔެވުމަށް ބޭނުންކުރާ ތަފާތު ސްޓަޑީ މެޓީރިއަލްތައް ވެސް މި ސިސްޓަމްގެ އެހީގައި އެކި ކެމްޕަސްތަކުގެ ކުދިންނާއި ޓީޗަރުންގެ މެދުގައި ވެސް ހިއްސާކުރެވޭނެ ކަމަށެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާގެ ތެރެއިން ތައުލީމާއި ޒުވާނުންގެ ތަރައްގީއަށް ދެވޭ އަހަންމިއްޔަތުގެ ދަށުން ޒަމާނީ ސިސްޓަމާއި، ސިސްޓަމަށް ބޭނުންވާ ކަނެކްޝަން ގައުމީ ޔުނިވާސިޓީއަށް ހިލޭ ފޯރުކޮށްދޭނެ އެވެ.

ދިރާގުން ގައުމީ ޔުނިވާސިޓީގައި ސްމާޓް ޓީޗިން ސޮލިއުޝަން ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން، ދިރާގުގެ ސީއީއޯ އިސްމައިލް ރަޝީދު އާއި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ފަވާޒް ޝަރީފު -- ސަން ފޮޓޯ:
ދިރާގުން ގައުމީ ޔުނިވާސިޓީގައި ސްމާޓް ޓީޗިން ސޮލިއުޝަން ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން، ދިރާގުގެ ސީއީއޯ އިސްމައިލް ރަޝީދު އާއި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ފަވާޒް ޝަރީފު — ސަން ފޮޓޯ:

 

މި ހަފްލާގައި ވާހަކަދައްކަވަމުން ޔުނިވާސިޓީގެ ޑެޕިއުޓީ ޗާންސެލާ ފައްވާޒް ޝަރީފް ވަނީ، ކުރިއަރާފައިވާ ޓެކްނޮލޮޖީއެއް ދިރާގުން އެ ޔުނިވާސިޓީއަށް ހަދިޔާކުރެއްވީތީ، ދިރާގަށް ޝުކުރު އަދާކޮށްފަ އެވެ.

ފައްވާޒް ވިދާޅުވީ މި ޓެކްނޮލޮޖީގެ ސަަބަބުން، ކުރަންޖެހޭ ދަތުރުތަށް ކުޑަކޮށް ހަރަދުކުޑަކުރުމަށް ފުރުސަތު ލިބޭއިރު، މި ޓެކްނޮލޮޖީގެ ސަބަބުން ޔުނިވާސިޓީގެ ފަސް ކެމްޕަސް ގުޅާލެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.