އަންނަ ބުރާސްފަތި ދުވަހު މާލޭގައި ފަށާ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް އޭދަފުށީ ބެޑްމިންޓަން ޓީމު އިއްޔެ މާލެ ފުރައިފި އެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް މީގެ މަހެއްހާދުވަސް ކުރިން ވަނީ ފަށައިފަ އެވެ. ކުރީ އަހަރުތަކާ ޚިލާފަށް މިއަހަރު ޓީމުގައި ޒުވާން އާ ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ.
މި މުބާރާތުގައި އޭދަފުށީ ޓީމު ވާދަކުރުމަށް ހަމަޖެހިފައިވަނީ ޓީމު އިވެންޓުގެ އިތުރުން، އޯޕަން އިވެންޓުގަ އެވެ.
އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ތަށި އޭދަފުށީ ބެޑްމިންޓަން ޓީމުން މިދިޔަ އަހަރުވަނީ މިލުކް ކޮށްފައެވެ.