އޭދަފުށިން ދަރަވަންދޫ އަށް ސޭލަމް ސްޕީޑް އިން ކުރާ ދަތުރުތަކުގެ އަގު އެ ތަނުން ހެޔޮކޮށްފި އެވެ.
ސޭލަމް ފެރީން ވާހަކަ ދެއްކި އަހްމަދު ޒަހީން ބުނިގޮތުގައި އޭދަފުށިން ދަރަވަންދޫއަށް ކުރާ ދަތުރު ތަކުގެ އަގު650ރ އިން 600ރ އަށް މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ހެޔޮކޮށްފަ އެވެ.
“ތެލުގެ އަގު ހެޔޮވުމާ ގުޅިގެން މިފަހަރުވެސް އަގު ހެޔޮކުރީ، މިކަމުގެ ސަބަބުން އާއްމުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،” ޒަހީން ބުންޏެވެ.
ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދަރަވަންދޫ އެއާ ޕޯޓުން މާލެ ދިއުމަށް ގިނަ ބަޔަކު ފެރީ ލޯންޗު ތަކުގައި ދަރަވަންދޫއަށް ދެ އެވެ.
އޭދަފުށީގައި ފެރީ ލޯންޗުގެ ޚިދުމަތްދޭ އެހެން ބައެއް ފަރާތްތަކުން ދަރަވަންދޫއަށް ދަތުރުކޮށްދެނީ 700 އަށެވެ.