އޭދަފުށީ ކެފޭ/ރެސްޓޯރަންޓްތައް ބަންދުކޮށް، ޑެލިވަރީގެ ހިދުމަތް ފަށައިފި

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ ބ. އޭދަފުށީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކެފޭ/ރެސްޓޯރަންޓްތައް ބަންދުކޮށް ޑެލިވަރީގެ ހިދުމަތް ދޭން ފަށައިފި އެވެ.

މާލެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުމާއެކު މުޅި މާލެ ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި އަތޮޅު ތެރޭގައި ވެސް ކޮންމެހެން ޒަރޫރީ ބޭނުންތަކަށް ނޫނީ ރަށުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ. އަދި މާލޭން ބޭރުން މީހުން އުޅޭ ރަށަކަކުން ފެނުނު ފުރަތަމަ ކޭސް ހއ. އުލިގަމުން ފެނުމާ އެކު ރަށްރަށުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

އޭދަފުށީގައި ކޮވިޑް-19 އާއި ގުޅިގެން، އާއްމު ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ޑެލިވަރީކޮށްދޭނެ ކެފޭ ރެސްޓޯރަންޓްތަކުގެ މައުލޫމާތު މިއަދު ވަނީ އާއްމުކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުން އެއްވެ ނޫޅުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން މިރަށުގެ ބައެއް ފިހާރަތަކުން ވެސް އަންނަނީ ޑެލިވަރީގެ ހިދުމަތް ދެމުންނެވެ.

މީގެ އިތުރުން ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ބޯކޮށާ ތަންތަން މި ވަގުތަށް ބަންދުކޮށް އާންމު ތަންތަނުގައި ބަހައްޓާފައި ހުންނަ ޖޯލިފަތިތަކުގައި މީހުން އިށީނދެ ތިބުންވެސް އޭދަފުށީ ކައުންސިލުންވަނީ މަނާކޮށްފައެވެ.  

ރާއްޖެއިން މި ބައްޔަށް ޖުމްލަ 82 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 16 މީހަކު ވަނީ ބަލިންވެސް ރަނގަޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.