ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން އެއްލައްކަ ރުފިޔާގެ އެހީ ދީފި

ސ. ހިތަދޫގައި ހުންނަ ސްޕެޝަލް ނީޑްސް ކުދިންނަގެ ހާއްސަ ސެންޓަރަށް ބޭނުންވާ ބައެއް ތަކެތި ދިރާގުން ހަދިޔާކުރުމަށް ހިތަދޫގައި ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ދިރާގު
ސ. ހިތަދޫގައި ހުންނަ ސްޕެޝަލް ނީޑްސް ކުދިންނަގެ ހާއްސަ ސެންޓަރަށް ބޭނުންވާ ބައެއް ތަކެތި ދިރާގުން ހަދިޔާކުރުމަށް ހިތަދޫގައި ބޭއްވި ރަސްމިއްޔާތު– ފޮޓޯ: ދިރާގު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ހިންގާ “ނޫރު” ސެންޓަރުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ އެއްލައްކަ ރުފިޔާގެ ތަކެތި ދިރާގުން ހަދިޔާކޮށްފި އެވެ.

ހިތަދޫ ނޫރު ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ތަކެތި އެ ސެންޓަރާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.

ދިރާގުން ބުނި ގޮތުގައި މި އެހީތެރިކަމަކީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ.

    • ސެރެބްރަލް ޕަލްސީ ޗެއާ
    • ވޯކިން އެއިޑް
    • ކޮމްޕިއުޓާ ސިސްޓަމް
    • ތެރަޕީ ބޯލްސް
    • ޕްލޯ މެޓް،
    • ވާހަކަ ފޮތް
ސ. ހިތަދޫގައި ހުންނަ ސްޕެޝަލް ނީޑްސް ކުދިންނަގެ ހާއްސަ ސެންޓަރަށް ބޭނުންވާ ބައެއް ތަކެތި ދިރާގުން ހަދިޔާކުރުމަށް ހިތަދޫގައި ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ދިރާގު
ސ. ހިތަދޫގައި ހުންނަ ސްޕެޝަލް ނީޑްސް ކުދިންނަގެ ހާއްސަ ސެންޓަރަށް ބޭނުންވާ ބައެއް ތަކެތި ދިރާގުން ހަދިޔާކުރުމަށް ހިތަދޫގައި ބޭއްވި ރަސްމިއްޔާތު– ފޮޓޯ: ދިރާގު

ޝަރަފުއްދީން ސްކޫލްގައި ހުންނަ މި ސެންޓަރުގައި، ނުކުޅެދުންތެރިކަން ހުންނަ 30 އަށް ވުރެ ގިނަ ކުދިންނަށް ހިދުމަތްދެ އެވެ. މި ކުދިންނަށް ކިޔަވައިދިނުމަށް ދާއިމީ ހަތަރު ޓީޗަރުންނާއި ވަގުތީ ހަތަރު ޓީޗަރުން އަދި ކޯޑިނޭޓަރަކު ހަރަކާތްތެރިވެ އެވެ.

އެ ސެންޓަރުން ބުނި ގޮތުގައި ދިރާގުން ހަދިޔާކުރި ވަސީލަތްތަކަކީ އެ ސެންޓަރު ހިންގުމަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ތަކެއްޗެވެ. އަދި މި ތަކެއްޗަކީ ސެންޓަރުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ ތަކެތި ކަމަށް ވެސް އެ ސެންޓަރުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.