‏ތަރުހީބު ނުލިބުމުން ރެޑްބުލް އޭދަފުށި ކޮލިފައިން ކެންސަލް!‏

ރެޑް ބުލް މުބާރާތެއްގައި ކުޅެނީ-- ފޮޓޯ ރެޑްބްލް
ރެޑް ބުލް މުބާރާތެއްގައި ކުޅެނީ– ފޮޓޯ ރެޑްބްލް

‏ރެޑްބުލް އިން އިންތިޒާމްކޮށްގެން އޭދަފުށީގައި ބާއްވަން ހަމަޖެެއްސި ރެޑްބުލް ވިނިން ފައިވް ކޮލިފައިން ‏‏މުބާރާތަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން އެ މުބާރާތް މިއަހަރު މިރަށުގައި ނުބާއްވާގޮތަށް ‏‏ހަމަޖައްސައިފި އެވެ. ‏

‏ޔޫރޯ މާކެޓިންގެ އޮފިޝަލަކު ރޭ “އީޓީ” އަށް ވިދާޅުވީ ރުޑްބުލް މުބާރާތުގެ އޭދަފުށި ކޮލިފައިން މިރަށުގައި ‏‏މިއަހަރު ނުބާއްވާ ގޮތަށް ހަމަޖެއްސީ އެ މުބާރާތުގައި ބައިވެރިވުމަށް ދިން ފުރުސަތު ހަމަވިއިރު ބައިވެރިވީ ‏‏އެންމެ 9 ޓީމު ކަމަށް ވާތީ ކަމަށެވެ‏‎.‎

‎”‎‏9 ވަރަކަށް ޓީމު ބައިވެރިވެގެނެއް މުބާރާތެއް ނުބޭއްވޭނެ. އަޅުގަނޑުމެން އެބަ ބޭނުންވޭ އެންމެ މަދުވެގެން ‏‏16 ޓީމު ބައިވެރިވާން، އެކި ސަބަބުތަކާހުރެ އެތައް ފަހަރަކުެ ފަސްކޮށްގެންވެސް ޓީމުތައް އިތުރުވާގޮތެއް ނުވި. ‏‏(އެހެންވެ) މުބާރާތް ކެންސަލްކުރީ. ބޮޑަށް ހީވަނީ މިހާރު މިނިވަން 50 ފުޓްބޯޅަ މުބާރާތްވެސް ތިކޮޅުގައި ‏‏ކުރިއަށްދާތީ ތަރުހީބު ނުލިބުނީ ކަމަށް،” ‏

‏ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މި މުބާރާތުގެ ކޮލިފައިން އެންމެ ފުރަތަމަ ފަށަންވެސް ހަމަޖެއްސީ ‏‏މިދިޔަ މަހު އޭދަފުށިންނެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ މުބާރާތް ތިން ހަތަރު ފަހަރު މަތިން ވަނީ ‏‏ފަސްކޮށްފަ އެވެ. ‏

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.