‏ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ މެޗުން އޭދަފުށި ބަލިވެއްޖެ‏

‏މިއަހަރުގެ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ  އޭދަފުށީ ބެޑްމިންޓަން ޓީމު‏
‏މިއަހަރުގެ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ އޭދަފުށީ ބެޑްމިންޓަން ޓީމު‏

‏މާލޭގައި އިއްޔެ ހަވީރު ފެށި އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި އޭދަފުށީ ބެޑްމިންޓަން ޓީމު ކުޅުނު ‏‏ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ‏‎.‎

‏މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ގްރޫޕް އޭގެ ސ. މަރަދޫ އައްޑޫ ‏‏ސީޓީއާ ބައްދަލުކޮށް ވޭތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަން އޭދަފުށީ ބީޑީސީ ބަލިވީ ތިންމެޗު މެޗު ދެ ‏‏މެޗުންނެވެ‏‎.‎

‏މި މުބާރާތުގައި އޭދަފުށި ކުޅޭ ދެ ވަނަ މެޗުގައި މިރޭ 8:00 ނުކުންނާނީ މި ގްރޫޕްގައި ދެން ހިމެނޭ ތ. ‏‏ތިމަރަފުއްޓާ ދެކޮޅަށެވެ‏‎.‎

‏މިއަހަރު މުބާރާތުގެ އަތޮޅު ލީގުގެ ޓީމު އިވެންޓް ކެޓަގަރީގައި 6 ޓީމު ވާދަކުރެ އެވެ‏‎.‎‏ ‏

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.