ބ. އަތޮޅު ތައުލީމީ މަރުކަޒާއި އޭދަފުށީ ރެޝިޑެންޝިއަލް ލާނިން ސެންޓަރު (ދަނާލު)ގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ބާތީލު ކޮށްއަލުން އެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދަން ބ. އަތޮޅު ތައުލީމީ މަރުކަޒުން އިއުލާން ކޮށްފި އެވެ.
އެ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީކުރިން ކުރި އިއުލާނުގެ މައުލޫމާތު ޝީޓުގައި މުހިއްމު ބައެއް މައުލޫމާތު ހިމެނިފައި ނުވާތީ އެ އިއުލާން ބާތިލު ކޮށް އަލުން އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރީ ކަމަށެވެ.
އެ އިއުލާނުގައިވާ ގޮތުން މިހާރު އެ ދެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ބ. އަތޮޅު ތައުލީމީ މަރުކަޒަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ.