ޓީމު އެނބުރި ރަށަށް އަތުވެއްޖެ، މެޗު ކުޅޭނެ ދުވަހެއް އަދި ނޭނގޭ

އޭދަފުށީ ފުޓްބޯޅަ ޓީމު
އޭދަފުށީ ފުޓްބޯޅަ ޓީމު

މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގައި މިއަދު ދުވާފަރު ދެކޮޅަށް ކުޅެންދިޔަ އޭދަފުށީ ފުޓްބޯޅަ ޓީމު އެނބުރި ރަށަށް އަތުވެއްޖެ އެވެ.

މިއަދު ވިއްސާރަވެ ދުވާފަރު ދަނޑުގައި ފެން ބޮޑުވުމުގެ ސަބަބުން މި މެޗުވަނީ މިއަދު ކުޅެވޭގޮތް ނުވެފަ އެވެ.

މި މެޗު ދެން ކުޅޭނެ ދުވަހެއް އެފްއޭއެމުން އަދި ހާމައެއް ނުކުރެވެ.

ވިއްސާރަވުމުގެ ސަބަބުން ދުވާފަރު ދަނޑުގައި މިއަދު ފެންބޮޑޫވެފައިވާތީ ފެން ހިއްކުމުގެ މަސައްކަތް ކުރަނީ--
ވިއްސާރަވުމުގެ ސަބަބުން ދުވާފަރު ދަނޑުގައި މިއަދު ފެންބޮޑޫވެފައިވާތީ ފެން ހިއްކުމުގެ މަސައްކަތް ކުރަނީ–

 

ނަމަވެސް މި ޒޯނުގައި އޭދަފުއްޓާ ހިންނަވަރު ބައްދަލުކުރާ މެޗު އަންނަ އަންގާރަ ދުވަހަށް ވަނީ ޝެޑިއުލް ކޮށްފައެވެ. އެ މެޗު އޮންނާނީ އޭދަފުށީގަ އެވެ.

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފްއޭ.އެމްއިން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ އަތޮޅު ބުރު މިހާރު ނިމިފައިވާއިރު ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި މުބާރާތުގެ ފަހުބުރު ކުޅެވޭނެ އެވެ. ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުން ފުރުސަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.