ތިމަރަފުށީ ބަލިކޮށް އޭދަފުށި ސެމީއަށް

‏މިއަހަރުގެ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ  އޭދަފުށީ ބެޑްމިންޓަން ޓީމު‏
‏މިއަހަރުގެ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ އޭދަފުށީ ބެޑްމިންޓަން ޓީމު‏

މާލޭގައި މިހާރު ކުރިއަށްދާ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ސެމީ ފައިނަލުން އޭދަފުށީ ބެޑްމިންޓަން ޓީމު ޖާގަ ހޯދައިފި އެވެ‏‎.

ވޭތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަން އޭދަފުށި ބީޑީސީ ސެމީ ފައިނަލުން ޖާގަ ހޯދީ މިރޭ ތ. ތިމަރަފުއްޓާ ވާދަކޮށް ސީދާ 5 މެޗުން މޮޅުވެގެންނެވެ.

ފުރަތަމަ ސިންގަލްސް ގައި އޭދަފުށީގެ ޓީމުގެ ޝަރުމީލު އާއި ތިމަރަފުށީގެ ހުސައިން ރަޝީދު ބައްދަލުކުރި މެޗު 22-10 އަދި 21-10 ން ކާމިޔާބުކުރީ ޝަރުމީލު އެވެ.
ފުރަތަމަ ޑަބަލްސްގައި އޭދަފުށީގެ އިކްރާމު އަދި ހުސައިން މުހައްމަދުގެ ޕެއާ އާއި ތިމަރަފުށީގެ އާމިލް އަދި މިސްބާހުގެ ޕެއާ ބައްދަލުކުރި މެޗް 21-4 އަދި 21-8 ން ކާމިޔާބުކުރީ އިކްރާމް އަދި ހުސައިންގެ ޕެއާ އެވެ. ދެވަނަ ޑަބަލްސް އިކްރާމް އަދި ހަސަން ނިޔާޒުގެ ޕެއާ ގެންދިޔައީ 21-4 އަދި 21-7 އިންނެވެ.

ދެވަނަ ސިންގަލްސްގައި ތިމަރަފުށީގެ ފަޒީން އާއި ވާދަކޮށް ހުސައިން މުހައްމަދު ގެންދިޔައީ 4-22 އަދި 21-11 އިންނެވެ. ތިންވަނަ ޑަބަލްސް ގައި މާހު އަދި ނާއިލްގެ ޕެއާ މެޗުތައް ގެންދިޔައީ 10-21، 17-21 އަދި 19-21 އިންނެވެ.

ސެމީ ފައިނަލު މެޗުތައް އޮންނާނީ މާދަމާ ހަވީރު އެވެ. ސެމީގައި އޭދަފުށި ނުކުންނާނީ ނ. ހޮޅުދޫ ޓީމާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.