އޭދަފުށީ އަލަމާގޭ ޚާލިދާ މުހައްމަދު ނިޔާވެއްޖެ

ބ. އޭދަފުށި، އަލަމާގޭ ޚާލިދާ މުޙައްމަދު ނިޔާވެއްޖެ އެވެ.

ޚާލިދާ ނިޔާވީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން ބަލިވެ އުޅުމަށްފަހު، ރޭ 9:30 ހާއިރު އެވެ. ނިޔާވިއިރު އުމުރަކީ 80 އަހަރެވެ.

މައްޔިތާގެ މައްޗަށް ކަށު ނަމާދުކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އޭދަފުށީ މަސްޖިދުލް މުއީނުއްދީން (ބޮޑު މިސްކިތް) ގަ އެވެ. ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

ޚާލިދާ މުޙައްމަދު ނިޔާވިއިރު، ހަތަރު ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. މި ބޭފުޅުންނަކީ އޭދަފުއްޓަށް އިޖުތިމާއީ އަދި ފަންނީ ރޮނގުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅުންނެވެ.

އެގޮތުން އޭދަފުށީ ފޭލި ޖަމިއްޔާގެ ހިންގާ ސެކްރެޓަރީ މުހައްމަދު ނިޒާމު އާއި ފެހުމާއި މާޖެހުމުގައި ރަށަށް މަޝްހޫރު އައިޝަތު ރަޝީދާ އާއި ޒީނިޔާ ޔޫސުފް ފާހަގަކޮށްލެވެ އެވެ.

އަލްމަރުޙޫމާ ޚާލިދާ މުޙައްމަދުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އަދި ޢާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    މަރުޙޫމާ ޚާލިދާގެ ފުރާނައަށް މާތްﷲ ހެޔޮރަޙުމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށް ދެއްވުން އެދި ދުޢާކުރަން. ޢާއިލާގެ މެމްބަރުންނަށް ކެތްތެިރިކަން މިންވަރު ކުރައްވާށި. އާމީން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.