އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލްގައި އައްޑޫ ސިޓީ އަތުން ފަސޭހަ ކަމާއެކު މޮޅުވެ، ނ. ހޮޅުދޫ ބެޑްމިންޓަން ޓީމު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
8 ވަނަ އަތޮޅު ލީގު މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޮޅުދޫ ބީޑީސީ ހޯދީ ފައިނަލްގައި މިއަދު ހަވީރު އައްޑޫ ސިޓީ އަތުން 3-1 މެޗުން މޮޅުވެގެންނެވެ.
ވޭތުވެދިޔަ ތިން އަހަރު މި މުބާރާތް ކާމިޔާބުކުރީ އޭދަފުށީ ބީޑީސީ އެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގެ ސެމީގައި ހޮޅުދޫ އަތުން ބަލިވެ އެ ޓީމުވަނީ މުބާރާތުން ކަޓައިފަ އެވެ.
މި މުބާރާތުގައި މާދަމާ އިން ފެށިގެން ކުރިއަށް ދާނީ އޯޕަން އިވެންޓުގެ ކުޅުމެވެ. އޯޕަން އިވެންޓް ގައިވެސް އޭދަފުށީ ޓީމުގެ ބައެއް ކުޅުންތެރިން ވާދަކުރާނެ އެވެ.