ސަޕޯޓަރުންގެ އެހީ ވަރަށް މުހިންމު: މަޖިއްޓޭ

BAFC-2

 

މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި ޅ. ހިންނަވަރާ ދެކޮޅަށް އަމިއްލަ ދަނޑުގައި އޭދަފުށި މިއަދު ނުކުންނައިރު، އޭދަފުށީ ޓީމަށް ސަޕޯޓަރުންގެ އެހީ ވަރަށް މުހިންމު ކަމަށް ޓީމުގެ ކެޕްޓަން އަބްދުލްމަޖީދު މިއަދު ބުނެފި އެވެ.

“އަޅުގަނޑުމެން މި ނުކުންނާނީ އޭދަފުއްޓަށް ފުޓްބޯޅައިގައި އަނެއްކާވެސް ރީތިނަމެއް ހޯދައިދިނުމުގެ އަޒުމުގައި. އަމިއްލަ ދަނޑުގައި މި ކުޅޭ މެޗުތަކުގައި ސަޕޯޓަރުންގެ މުހިންމުކަން އޭދަފުއްޓަށް ވަރަށް މުހިންމު. އަޅުގަނޑުމެންގެ އެދުމަކީ ހަމަ ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ގޮސް، ޓީމަށް ސަޕޯޓްކުރުން،” މަޖިއްޓޭ ބުންނެވެ.

މަޖިއްޓޭ ބުނީ މިއަދުގެ މެޗަށް ނުކުންނާނީ ހިންނަވަރުގެ ޓީމަކީވެސް ޒުވާން ވަރުގަދަ ޓީމެއް ކަމަށް ބަލައިގެން ކަމަށެވެ. އެކަމަކު އަމިއްލަ ދަނޑުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

“ހިންނަވަރަކީވެސް މި ޒޯނުގައި ފުދޭވަރަކަށް ރަނގަޅު ޓީމެއް. ވަރަށް ޒުވާން ކުޅުންތެރިން އެ ޓީމުގައިވެސް ތިބީ. ސަޕޯޓަރުންގެ އެހީތެރިކަމާއެކު މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު،” ކުރިން ހިންވަރަށް ޒޯން މުބާރާތް ކާމިޔާބުކޮށްދިނުމުގައި އެންމެ ބޮޑު ހިއްސާއެއްވި މަޖިއްޓޭ ބުންޏެވެ.

އެ މުބާރާތުގައި މަޖިއްޓާއެކު އޭދަފުއްޓަށް އުފަން ތިން ކުޅުންތެރިން ހިންނަވަރު ޓީމަށް ކުޅުނެވެ.

މަޖިއްޓޭ އިތުރަށް ބުނީ މިއަދުގެ މެޗުގައިވެސް އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މިއަދުގެ މެޗާބެހޭގޮތުން ހިންނަވަރު ޓީމުގެ ކޯޗު އަބްދުއްރަޙްމާން މުހައްމަދު (ރެޓޭ) ބުނީ އޭދަފުއްޓަކީ ރާއްޖޭގެ ފުޓްބޯޅައިގައި ނަން މަޝްހޫރު ވަރުގަދަ ރަށެއްކަމަށާއި، ނަމަވެސް ރަށުން ބޭރުގައި އޭދަފުށި އަތުން މޮޅުވެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ.

މިއަދުގެ މެޗް އޭދަފުށީގައި ކުޅޭއިރު މުބާރާތުގައި ކުޅެން ހަމަޖެހުނު ފުރަތަމަ މެޗުވަނީ ވިއްސާރަވުމުގެ ސަބަބުން ކެންސަލް ކޮށްފައެވެ. މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި ޒޯން 3 އިން ވާދަކުރަނީ މި ދެ ޓީމުގެ އިތުރުން ރ. އަތޮޅުގެ ޗެމްޕިއަން ދުވާފަރެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Pingback: Great start for Eydhafushi after easy win over Hinnavaru | Eydhafushi Times

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.