އެފްސީ ރިއަލް މޮޅުވެ، ފެލްކަން އާއި ދި ފްރެންޑް މެޗު އެއްވަރު

ކަމަދޫ ކައުންސިލް ފުޓްބޯޅަ މުބަރާތުގެ ތެރެއިން-- ފޮޓޯ / ކަމަދޫ ކައުންސިލް
ކަމަދޫ ކައުންސިލް ފުޓްބޯޅަ މުބަރާތުގެ ތެރެއިން– ފޮޓޯ / ކަމަދޫ ކައުންސިލް

ބ. ކަމަދޫގައި އެރަށު ކައުންސިލުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ ކަމަދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުން އެފްސީ ރިއަލް މޮޅުވެ، ދެވަނަ މެޗުގައި އެފްޓީ ފެލްކަން އާއި ދި ފްރެންޑްސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެ އެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ފްލައި ހޯވްކްސް އާއި ވާދަކޮށް އެފްސީ ރިއަލް މޮޅުވީ 6-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެފްސީ ރިއަލް އަށް 4 ލަނޑު ޖަހައިދިން އަބްދުﷲ އަޒީމު އެވެ. ދެން އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ނާޒިމު އާއި އަލީ މުސްތަފާ އެވެ.

ކަމަދޫ ކައުންސިލް ފުޓްބޯޅަ މުބަރާތުގެ ތެރެއިން-- ފޮޓޯ / ކަމަދޫ ކައުންސިލް
ކަމަދޫ ކައުންސިލް ފުޓްބޯޅަ މުބަރާތުގެ ތެރެއިން– ފޮޓޯ / ކަމަދޫ ކައުންސިލް

 

އެފްޓީ ފެލްކަން އާއި ދި ފްރެންޑްސް ބައްދަލުކުރި މެޗު އެއްވަރުވީ 3-3 އިންނެވެ. މެޗުގައި ފެލްކަން އަށް ގޯލް ތައް ޖަހައިދިނީ އަލީ މާޒިން އާއި އަބްދުﷲ އިހްސާން އަދި ނާފިއު ސައީދު އެވެ. ދި ފްރެންޑްސް އަށް ލަނޑުތައް ޖަހައިދިނީ އަހްމަދު އަރުޝޫމް އާއި އަލީ ޒުބައިރުގެ އިތުރުން އަހްމަދު ޝިފާން އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދި ފްރެންޑްސްގެ އަހްމަދު ޝިފާން އެވެ.

މި މުބާރާތުގެ ދެ މެޗު މިއަދު ހަވީރުވެސް ކުޅޭނެ އެވެ.

ކަމަދު ކައުންސިލުން ބުނި ގޮތުގައި އެރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލަކޮށް، ކަމަދޫގައި ފުޓްބޯޅަ ކުރިއެރުވުމާއި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ މިއީ މި މުބާރާތް ބާއްވާ ތިންވަ ފަހަރެވެ.

ކަމަދޫ ކައުންސިލް ފުޓްބޯޅަ މުބަރާތުގެ ތެރެއިން-- ފޮޓޯ / ކަމަދޫ ކައުންސިލް
ކަމަދޫ ކައުންސިލް ފުޓްބޯޅަ މުބަރާތުގެ ތެރެއިން– ފޮޓޯ / ކަމަދޫ ކައުންސިލް

މި މުބާރާތުގެ ޗެމްޕިއަން އަދި ރަނާ-އަޕް ޓީމަށް ކަމަދޫ ކައުންސިލުން ފައިސާގެ އިނާމު ވަނީ ހުށަހަޅާފަ އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ އެންމެބޮޑު މުވާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.