ދި ފްރެންޑްސް އާއި އެފްޓީ ފެލްކަން މޮޅުވެއްޖެ

ކަމަދޫ ކައުންސިލުގެ ފުޓްސަލް މުބާރާތުގެ ތެރެއިން-- ފޮޓޯ / ކަމަދޫ ކައުންސިލް
ކަމަދޫ ކައުންސިލުގެ ފުޓްސަލް މުބާރާތުގެ ތެރެއިން– ފޮޓޯ / ކަމަދޫ ކައުންސިލް

ބ. ކަމަދޫގައި އެރަށު ކައުންސިލުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ ކަމަދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ކުޅުނު ދެ މެޗުން ދި ފްރެންޑްސް އާއި އެފްޓީ ފެލްކަން މޮޅުވެއްޖެ އެވެ.

ކަމަދޫގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ފްލައި ހޯވްކްސް އަތުން ދި ފްރެންޑްސް މޮޅުވީ 3-2 އިންނެވެ. މި މެޗުގައި ދި ފްރެންޑްސް އަށް ޝާހީ މޫސާ ދެ ލަނޑު ޖަހައިދިން އިރު، އަނެއް ލަނޑު ޖަހައިދިނީ އަލީ ނިއުޝާދު އެވެ. ފްލައި ހޯވްކްސް އަށް ލަނޑު ޖަހައިދިނީ ސަފްވާން އާއި ހުސައިން ޒާހިރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދި ފްރެންޑްސްގެ ޝާހީ މޫސާ އެވެ.

ކަމަދޫ ކައުންސިލުގެ ފުޓްސަލް މުބާރާތުގެ ތެރެއިން-- ފޮޓޯ / ކަމަދޫ ކައުންސިލް
ކަމަދޫ ކައުންސިލުގެ ފުޓްސަލް މުބާރާތުގެ ތެރެއިން– ފޮޓޯ / ކަމަދޫ ކައުންސިލް

މިއަދުގެ ދެވަނަ މެޗުގައި ޔަންގް ސްޓްރައިކާސް އަތުން އެފްޓީ ފެލްކަން މޮޅުވީ 4-2 އިންނެވެ. މެޗުގައި ފެލްކަން އަށް ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އިހުސާން (ދެ ލަނޑު) އާއި ޝަމީމުއާއި ނާފިއު އެވެ. ޔަންގް ސްޓްރައިކާސް އަށް ލަނޑު ޖަހައިދިނީ ޝަމްވީލް އާއި ރަމީސް އެވެ.

މި މުބާރާތުގެ މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ރިއަލް އާއި ދި ފްރެންޑްސް އެވެ. ދެވަނަ މެޗުގައި ފްލައި ހޯވްކްސްއާ ދެކޮޅަށް ޔަންގް ސްޓައިކާސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.