8 ވަނަ ގައުމީ އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގެ އޯޕަން ބައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އޭދަފުށީ ބީޑީސީގެ ހުސައިން މުހައްމަދު އާއި މުހައްމަދު އިކްރާމްގެ ޕެއާ ހޯދައިފި އެވެ.
އޭދަފުށީގެ މި ޕެއާ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލުގައި ހޮޅުދޫގެ މުތީއު އާއި އުނެއިޝްގެ ޕެއާގެ މައްޗަށް 2-1 ސެޓުން ކުރި ހޯދައިގެންނެވެ.
ހުސައިން މުހައްމަދު ވަނީ މުބާރާތުގެ އޯޕަން ބައިގެ ސިންގަލްސް ފައިނަލަށްވެސް މިއަދު ދަތުރުކޮށްފަ އެވެ. ސިންގަލްސް ފައިނަލުގައި މާދަމާ ހަވީރު 3:30 ގައި ހުސައިން މުހައްމަދާ ދެކޮޅަށް ކުޅޭނީ އަބްދުﷲ މުތީއު އެވެ.