މާޅޮސް އަތުން ފުޅަދޫ މޮޅުވެއްޖެ

އަތޮޅު ޗެލެންޖުގައި މާޅޯހާއި ފުޅަދޫ ބައްދަލުކުރި މެޗުގެ ތެރެއިން
އަތޮޅު ޗެލެންޖުގައި މާޅޮހާއި ފުޅަދޫ ބައްދަލުކުރި މެޗުގެ ތެރެއިން

 

ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު މާޅޮސް އަތުން 4-0 އިން ފުޅަދޫ މޮޅުވެއްޖެ އެވެ.

މިއަދުގެ މެޗުގައި ފުޅަދޫ ޓީމަށް ލީޑު ނަގައިދިނީ 4 ވަނަ މިނެޓުގައި އެ ޓީމުގެ އަބްދުއްސަލާމު އެވެ. އެ ޓީމުގެ ދެ ވަނަ ގޯލް 26 ވަނަ މިނެޓުގައި ޖެހީ އަބްދުﷲ ނަސީރު އެވެ. އަދި 85 ވަނަ މިނިޓްގައި ސަލާމު ވަނީ އިތުރު ލަޑެއްޖަހައި ލީޑު ފުޅާކޮށްދީފަ އެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު 90 ވަނަ މިނިޓްގައި ޖެހީ އަހްމަދު ފާރިސް އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ފުޅަދޫ ޓީމުގެ އަބްދުލް ސަލާމު އެވެ.

މިއީ މި މުބާރާތުގައި ފުޅަދޫން ބައިވެރިވި ފުރަތަމަ ފަހަރެވެ.

މި ގްރޫޕުގައި އިއްޔެ ހަވީރު އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ ވަނީ ކިހާދޫ އަތުން 5-0 އިން މޮޅުވެފަ އެވެ.

މި މުބާރާތުގެ ގުރޫޕް ދޭއްގައި މާދަމާ މެންދުރު 1:30ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުޑަރިކިލާއި ފެހެންދޫ އެވެ. ދެވަނަ މެޗުގައި އޭދަފުއްޓާ ދެކޮޅަށް ނުކުންނާނީ ދަރަވަންދޫ އެވެ. އެ މެޗު ފަށަނީ ހަވީރު 3:50 ގަ އެވެ.

އޭދަފުށީ ސްޕޯޓްސް ފިހާރައެއް ކަމަށްވާ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ ޔޫތް ޑިވޮލޮޕްމެންޓާއި ގުޅިގެންނެވެ. މިއީ މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.