ބ. ކަމަދޫގައި އެރަށު ކައުންސިލުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ ކަމަދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލަށް ދި ފްރެންޑްސް އާއި އެފްސީ ރިއަލް ދަތުރުކޮށްފި އެވެ.
ދި ފްރެންޑް ފައިނަލަށް ދިޔައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ޔަންގް ސްޓްރައިކާސް އާ ވާދަކޮށް 5-0 އިން މޮޅުވެގެންނެވެ. އެ ޓީމަށް އަހްމަދު އާސިމް ތިން ލަނޑު ޖަހައިދިން އިރު ލަނޑު ޖަހައިދިނީ އާދަމް ނަސީރު އެވެ. އަދި ފަސް ވަނަ ލަނޑަކީ ޔަންގް ސްޓްރައިކާސްގެ ޖައިސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ އާސިމު އެވެ.
އެފްސީ ރިއަލް ފައިނަލުން ޖާގަ ހޯދީ އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި އެފްޓީ ފެލްކަންގެ މައްޗަށް 6-0 އިން ކުރި ހޯދައިގެންނެވެ. އެޓީމުން ޖެހި 6 ލަނޑުގެ ތެރެއިން 3 ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ އަޒްމީން އެވެ. އަނެއް ދެ ލަނޑުޖެހީ ނާއިފް އާއި ޝިހާމު އެވެ. އަދި ހަ ވަނަ ލަނޑަކީ ފެލްކޮން ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މުބާރާތުގެ ފަިނަލު މެޗު އޮންނާނީ މާދަމާ ހަވީރު އެވެ.