ތުޅާދޫގައި 100 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

aa

ބ. ތުޅާދޫގައި ސަރުކާރުން އަޅައިދިނުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓްގެ ތެރެއިން 100 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި އެވެ.

ބ. ތުޅާދޫ ރައްޔިތުނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ރަށުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ ބިންގާ އަޅުއްވައިދެއްވީ މިދިޔަ ބުރާސްފަތި އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ ތުޅާދޫގައި ވަރަށް އަވަހަށް އިތުރު 100 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ފައްޓަވާނެ ކަމަށެވެ.

ތުޅާދޫ ކައުންސިލުގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވީ އެ ރަށުގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމުމަށް ކަމަށެވެ. ނަމަވެސް   އެޕުރޮޖެކްޓަކީ ކިހާ އަދަދެއްގެ ފައިސާގެ ޕްރޮޖެކްޓެއް ކަމެއް ނޭނގޭ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ހައުސިން ޔުނިޓަތަކުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ވަނީ ތުޅާދޫ ގިރާސަރަޙައްދު ބައްލަވާލައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.