ކަމަދޫ ކައުންސިލު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދި ފްރެންޑްސްއަށް

ކަމަދޫ ކައުންސިލު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމު ދި ފްރެންޑްސް-- ފޮޓޯ / ކަމަދޫ ކައުންސިލް
ކަމަދޫ ކައުންސިލު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމު ދި ފްރެންޑްސް– ފޮޓޯ / ކަމަދޫ ކައުންސިލް

ބ. ކަމަދޫގައި އެރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ކަމަދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދި ފްރެންޑްސް ޓީމު ހޯދައިފި އެވެ.

ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް ކަމަދޫ ކައުންސިލުން ބޭއްވި މުބާރާތް ދި ފްރެންޑްސް ކާމިޔާބުކުރީ ފައިނަލުގައި އިއްޔެ ހަވީރު އެފްސީ ރިއަލް އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-5 އިންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ 2-2 އިން އެއްވަރުވެފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދި ފްރެންޑްސްގެ އަހްމަދު ޝިފާން އެވެ.

މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ރިއަލްގެ އަބްދުﷲ އަޒީމު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އެފްސީ ރިއަލްގެ އަބްދުﷲ އަޒީމުގެ އިތުރުން އެޓީމުގެ މުހައްމަދު ނާޒިމު އާއި ދި ފްރެންޑްސްގެ އަހްމަދު ޝިފާނު އާއި ހުސައިން އާދިމް އަދި އިބްރާހިމް ނާޖިހު އެވެ. މުބާރާތުގެ 16 އަހަރުން ދަށުގެ އެންމެމޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔަންގް ސްޓްރައިކާސްގެ އަހްމަދު ފިރާޝް އެވެ.

ކަމަދޫ ކައުންސިލު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމު ދި ފްރެންޑްސް-- ފޮޓޯ / ކަމަދޫ ކައުންސިލް
ކަމަދޫ ކައުންސިލު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމު ދި ފްރެންޑްސް– ފޮޓޯ / ކަމަދޫ ކައުންސިލް

މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަމަދޫ ކައުންސިލުން 5000ރ. ދިން އިރު، ރަނަރަޕް ޓީމަށް 2000ރ ދީފައިވެ އެވެ.

ކަމަދޫ ކައުންސިލުގެ ރައީސް އަލީ އިސްމާއިލް ވިދާޅުވީ މުބާރާތް ނިމިގެންދިޔައިރު މުބާރާތުގެ މަގުސަދު ހާސިލުވި ކަމަށެވެ. އެގޮތުން މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ޝަކުވާ މަދުވެ އެކުވެރިކަން ބަދަހިވިކަން އޭނާ ފާހަގަކުރެއްވި އެވެ.

އަލީ އިސްމާއިލް ވިދާޅުވީ އަންނަ އަހަރު މުބާރާތުގެ ފައިސާގެ އިނާމު ބޮޑުކޮށް މުބާރާތުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށެވެ. އަދި ވީހާވެސް ގިނަ ޓީމުތައް ބައިވެރިވުމަށް އެރަށު ކައުންސިލުން އެދެއެވެ.

މިއީ ކަމަދޫ ކައުންސިލުން މި މުބާރާތް ބޭއްވި 3 ވަނަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.